ޚަބަރު

ކޮވިޑް-19 : ރާއްޖެއިން ބަލިން ރަނގަޅުވި މީހުންގެ އަދަދު 9995 އަށް، އެއީ ބަލި ޖެހުނު މީހުންގެ 89.6 އިންސައްތަ

ޢާއިޝަތު ނުޒުހާ ، ދެން އޮންލައިން

މުޅި ދުނިޔޭގައި ހަލުވި ކަމާއެކު ފެތުރެމުން އަންނަ ނުރައްކާތެރި ބައްޔެއް ކަމަށްވާ ކޮވިޑް19 ގެ ބަލިމަޑުކަން ދިވެހިން ތަޙައްމަލް ކުރަމުން އަންނަތާ މިއަދަށް މިވީ 223 ދުވަހެވެ. މުޅި ރާއްޖެއިން މިހާތަނަށް 11 ހާހަށް ވުރެ ގިނަ މީހުން ވަނީ މި ބައްޔަށް ފައްސިވެފައެވެ.

Ads by MWSC

ފައްސިވާ މީހުންގެ އަދަދު މިހާރު ވަނީ ކުރިއާ އަޅާ ބަލާއިރު ދަށަށް ދާން ފަށާފައެވެ. އަދި ބަލިން ރަނގަޅުވާ މީހުންގެ އިންސައްތަ ވެސް ވަނީ މަތިވެފައެވެ.

އެޗްޕީއޭ އިން އެންމެ ފަހުން އާންމުކުރި ތަފާސް ހިސާބުތަކަށް ބަލާއިރު، ރާއްޖޭގެ މިވަގުތު ރިކަވަރީ ރޭޓު އުޅެނީ 89.61 އިންސައްތައިގައެވެ. މިހާތަނަށް ޖުމްލަ 9995 މީހަކަށް ވަނީ މި ބަލިން ޝިފާ ލިބިފައެވެ.

1,117 މީހުން އަދިވެސް ކޮވިޑަށް ފަރުވާ ހޯދަމުން އަންނައިރު، މީގެ ތެރެއިން 54 މީހުނަށް ފަރުވާ ދެމުން އަންނަނީ ހޮސްޕިޓަލުގައި އެނދުމަތި ކޮށްގެންނެވެ.

އައިސޮލޭޝަން ފެސިލިޓީތަކުގައި 384 މީހުން ފަރުވާ ހޯދަމުން ދާއިރު ހޮސްޕިޓަލުތަކުގައި މިހާރު ފަރުވާ ހޯދަމުން ދަނީ 49 މީހުންނެވެ.

އަދި މިހާތަނަށް މި ބަލީގައި ރާއްޖެއިން 35 މީހަކު ނިޔާވެފައި ވެއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!