ޚަބަރު ލައިފްސްޓައިލް

އެހެން މީހުން ތިބާއާ މެދު ގެންގުޅޭ ތަފާތު ވިސްނުންތަކާމެދު ކުރެވޭނެ ކަމެއް ނޯންނާނެ:މުފްތީ މެންކް

އިބްރާހީމް ޙުސައިން ، ދެން އޮންލައިން

އެހެން މީހުން ތިބާއާ މެދު ތަފާތު ވިސްނުމާއި ޚިޔާލު ގެންގުޅޭނެ ކަމަށާއި އެކަމާމެދު ތިބާއަށް ކުރެވޭނެ ކަމެއް ނޯންނާނެ ކަމަށް ޒިމްބާބުވޭގެ މުފްތީ އިސްމާއީލް އިބްނި މޫސާ މެންކް ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

މީސްމީޑިއާގައި ކޮންމެ ދުވަހަކު ، ހޭލުންތެރި ކުރުމާއި ދީނީ މެސެޖުތައް ދެއްވަމުން ގެންދަވާ މުފްތީ މެންކް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެފަދައިން ވިސްނާ މީހުންނަށް ފިލާތިބެ "ކީބޯޑްގެ" ބިއްދަށުގައި އެކަން ކުރަން ފަސޭހަ ވެފައިވާ ކަމަށެވެ. އަދި އެކަމާމެދު ތިބާއަށް ކުރެވޭނެ ކަމެއް ނޯންނާނެ ކަމަށް މެންކް ފާހަގަ ކުރެއްވިއެވެ.

"އެހެންމީހުންގެ އިހްސާސްތައް ، އިހްސާސް ކުރުމުގެ ގާބިލްކަން އަމިއްލަ ނަފްސުގައި އަށަގެންނެވުން ކިހިނެއްތޯ ވާނީ؟" މުފްތީ މެންކް ސުވާލު ކުރައްވާފައިވެއެވެ.

މުފްތީ މެންކަކީ ދީނީ ދައުވަތު ފެތުރެއްވުމުގައި ވަރަށް ހަރަކާތްތެރި ދީނީ ޢިލްމުވެރިއެކެވެ. އެގޮތުން އެތައް ގައުމަކަށް ދަތުރު ކުރައްވާ ދީނީ ދަރުސް ދިނުމުގެ ޕްރޮގްރާމްތައް އެމަނިކުފާނު ބާއްވަވައެވެ. ހަމައެހެންމެ މީސްމީޑިއާގައި އެމަނިކުފާނަކީ ވަކިން ޚާއްޞަކޮށް ހަރަކާތްތެރި ބޭކަލެކެވެ. އެތައް މިލިއަން މީހުނެއް އެމަނިކުފާނު ފޮލޯ ކުރާއިރު އޭގެ ތެރޭގައި އެތައް ބަޔަކީ ޣައިރު މުސްލިމުންނެވެ.

 

 

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!