ޖަލަށްލައިފިނަމަ ޖެހިގެން އޮންނަ ގޮޅީގައި އޮންނާނީ އާޒިމް: ޝުޖާއު

އިދިކޮޅު ކޯލިޝަނުން "އިންޑިއާ އައުޓް" ނަމުގައި ކެމްޕޭނު ހިންގަނީ އިންޑިއާ އައުޓް ކުރަން ނޫން ކަމަށާއި، އިދިކޮޅުން އުޅެނީ ކޮރަޕްޝަނުގެ ކުށް ސާބިތުވެ ޖަލު ތޭރިތަކުގެ ތެރެއަށް އިން ވެދާނެތީ އެކަމާ ގަންނަ ބިރަކުން ކަމަށް އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަލީ އާޒިމް ވިދާޅުވުމުން، އިދިކޮޅު ޕީއެންސީ ގެ ނައިބު ރައީސް އިބްރާހިމް ޝުޖާއު ރައްދު ދެއްވައިފިއެވެ.
އެގޮތުން ޝުޖާއު ވިދާޅުވީ އެމަނިކުފާނު ޖަލަށް ލައިފިނަމަ، ޖެހިގެން އޮންނަ ގޮޅީގައި އޮންނަވާނީ އަލީ އާޒިމް ކަމަށެވެ.
އެމްޑީޕީން ނެރޭ "ޚަބަރު ސިޓީ" ގެ މިހަފްތާގެ އަދަދުގައި އަލީ އާޒިމް ލިޔުއްވާފައިވަނީ "އިންޑިއާ އައުޓް" ގެ ނަމުގައި އިދިކޮޅުން ކުރާ މަސައްކަތަކީ ސަރުކާރު ބަދަލުކޮށް "ދައުވާ އައުޓް" ކުރުމުގެ މަސައްކަތް ކަމަށެވެ.
އެގޮތުން އަލީ އާޒިމް ވަނީ ކޮރަޕްޝަން ތުހުމަތުން ސަލާމަތްވާން މަސައްކަތް ކުރާ ލީޑަރުން ކަމަށް ބުނެ ބައެއް ބޭފުޅުން ގެ ނަންތައް ވެސް އާއްމުކޮށްފައެވެ. އެނަންތަކަކީ:
▪︎ ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ
▪︎ ކުރީގެ އިކޮނޮމިކް މިނިސްޓަރު އަދި މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު
▪︎ ޕީޕީއެމްގެ ނައިބު ރައީސް ޣައްސާން މައުމޫން
▪︎ ސްރީ ލަންކާގެ ކުރީގެ ސަފީރު މުހައްމަދު ހުސެއިން ޝަރީފް
▪︎ ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެމްބަރު އަހްމަދު ޝިޔާމް
▪︎ ކުރީގެ މެމްބަރު އަހްމަދު ނިހާން
▪︎ ކުރީގެ މެމްބަރު އަލީ އާރިފް
▪︎ކުރީގެ މެމްބަރު ރިޔާޒު ރަޝީދު، އެވެ.
އޭނަ އެބުނީނު އިދިކޮޅު މީހުންގެ މައްސަލަތައް ބަލަމުންދާ ވާހަކަ…އޭނަ ސަލާމަތް ވީނު..