ޚަބަރު

ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު 40 މިލިއަން ހުރަސްކޮށްފި، ސަލާމަތީ ފިޔަވަޅު ވަރުގަދަ ކުރޭ!

މުޅި ދުނިޔެއަށް ފެތުރިފައިވާ ކޮވިޑް-19 ޖެހުނު ޖުމްލަ މީހުންގެ އަދަދު 40 މިލިއަނަށްވުރެ އިތުރު ވެއްޖެއެވެ.

ކޮވިޑް-19 އާއި ގުޅޭގޮތުން އެންމެފަހުން އާއްމުކޮށްފައިވާ ދުނިޔޭގެ ރިކޯޑުތަކަށް ބަލާއިރު މިބަލި ޖެހުނު މީހުންގެ އަދަދު ވަނީ 40،033،222 އަށް އަރާފައެވެ. އަދި ބަލީގައި މަރުވި މީހުންގެ އަދަދު 1،115،627 އަށް އަރާފައިވާއިރު މިހާތަނަށް މިބަލިން ފަސޭހަ ވެފައިވަނީ 29،935،789 މީހުންނެވެ.

މިރިކޯޑުތަކަަށް ބަލާއިރު އަދިވެސް އެންމެ ގިނަ މީހުން މިބައްޔަށް ފައްސި ވެފައިވަނީ އެމެރިކާގައެވެ. އެމެރިކާއިން މިހާރު 8،343،244 މީހުން ފައްސި ވެފައިވެއެވެ.

ދެވަނައަށް އެންމެ ގިނަ މީހުން ފައްސިވެފައިވަނީ އިންޑިއާ ގައެވެ. އެޤައުމުން މިހާރު ޖުމްލަ 7،494،551 މީހުން ފައްސި ވެފައެވެ.

ދުނިޔޭގެ ނިސްބަތަށް ބަލާއިރު އެންމެ މަދުން މީހުން ފައްސި ވެފައިވަނީ ވޯލިސް އެންޑް ފުޓޫނާ އެވެ. އެޤައުމުން ކޮވިޑަށް ފައްސި ވެފައިވަނީ އެންމެ މީހެކެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!