ދުނިޔެ

އިންޑިއާގެ ސިފައިން ހީކުރީ މިއީ އޭލިއަން އެއް ކަމަށް: އަސްލު ކޯއްޗެއްކަން އެނގޭތަ؟

މުޙައްމަދު ޝިފާއު ، ދެން އޮންލައިން

އިންޑިއާގެ އަވަށެއް ކަމަށްވާ "އުއްތަރު ޕަރުދޭޝް" ގައި އޭލިއަންއާ ވައްތަރު އެއްޗެއް ފެނިގެން ފުލުހުން ހަރަކާތްތެރި ވެއްޖެއެވެ. އަދި އެންމެ ފަހުން ބެލި ބެލުމުގައި އެއީ އޭލިއަން އެއް ނޫންކަމަށާއި އެއީ "އަޔަން މޭން" ގެ ކާޓޫން ފުއްޕާ ހަމެއް ކަމަށް ވެސް ވަނީ މައުލޫމާތު ލިބިފައެވެ.

Ads by Sosun Fihaara

ވައި އަޅާފައިވާ ފުއްޕާ ހަމެއް މަތިން މަޑުމަޑުން ބިންމައްޗަށް ވެއްޓޭ މަންޒަރު ފެނިފައި ގިނަ ބަޔަކު ވަނީ އެއީ ކޮން އެއްޗެއްތޯ ބެލުމަށް އެއްވެފައެވެ. އަދި އެ ފުއްޕާހަން ވަނީ ބިން މައްޗަށް ވެއްޓި ގަސްތަކުގައި ތާށިވެފައެވެ. އެހެންކަމުން ޖެހޭ ވަޔާއި އެކު މަޑުމަޑުން އެ ފުއްޕާހަން ތެޅެމުން ދިޔައެވެ. މިސަބަބަށް ޓަކައި އެއްވެސް މީހަކަށް ކައިރި ވާން ނުކެރުނު ކަމަށް ވެސް ބޭރުގެ މީޑިއާ ތަކުން މައުލޫމާތު ލިބެއެވެ.

އެހެންނަމަވެސް އިންޑިއާގެ ފުލުހުން ވަނީ ފުރިހަމަ ސަލާމަތީ ފިޔަވަޅުތަކާއި އެކު އެއާ ކައިރި ވެފައެވެ. އަދި އެހިސާބުން އެއީ ފުއްޕާ ހަމެއް ކަމާއި އެފުއްޕާ ހަން ފުދޭ ވަރަކަށް ބޮޑުވެފައި، ވަކި ބައްޓަމަކަށް ހުރުމުގެ ސަބަބުން ގިނަ ބަޔަކު އެއީ އޭލިއަން އެއް ކަމަށް ހީކުރީ ކަމަށެވެ. އެހެން ނަމަވެސް މިހާރު ވަނީ އެ ފުއްޕާހަން އެތަނުން ނެގުމަށް ފަހު އާންމުންނަށް އެއީ ފުއްޕާ ހަމެއް ކަން ކަށަވަރު ކޮށްދީފައެވެ. މިކަމާ އެއްބަޔަކު ހީސަމާސާ ކުރަމުން ދާއިރު އަނެއްބައި މީހުން އަދިވެސް ތިބީ ކޮންމެވެސް ވަރަކަށް ހިތްހަމަ ނުޖެހިފައި ކަމަށް ވެސް ބޭރުގެ މީޑިއާތަކުން މައުލޫމާތު ލިބެއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!