ފޯކައިދޫގައި ހިނގި މާރާމާރީއެއްގައި ބިދޭސީއަކު އެހެން ބިދޭސީއަކަށް ތޫނު އެއްޗަކުން ހަމަލާދީފި

ށ. ފޯކައިދޫ ގައި ހިނގި މާރާމާރީއެއްގައި ބިދޭސީއަކު އެހެން ބިދޭސީ އަކަށް ތޫނު އެއްޗަކުން ހަމަލާ ދީފިއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ދެ ބިދޭސީންގެ ދެމެދުގައި ހިނގި ހަމަނުޖެހުމެއްގައި އޭގެތެރެއިން އެކަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމް ކޮށްލާފައިވާ މައްސަލައެއް އިއްޔެ ރޭ 7:10 ހާއިރު ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.
މިމައްސަލަ އާއި ގުޅިގެމް އުމުރުން 43 އަހަރުގެ ބަންގްލަދޭޝް ފިރިހެނަކު ހައްޔަރު ކޮށްފައިވާ ކަމަށާއި އޭނަގެ ބަންދަށް ކޯޓުން 15 ދުވަހުގެ މުއްދަތެއް ދީފައިވާ ކަމަށް ވެސް ފުލުހުން ވިދާޅުވެފައިވެއެވެ.
މިމައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.