ކުޅިވަރު

ދަގަނޑޭގެ މުޅި ކެރިއަރުގައި 464 ގޯލު: ދުނިޔޭގެ ލަނޑު ލިސްޓުގެ ހަވަނަ އަށް

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ރިޓަޔަރ ނުވެ ފުޓުބޯޅަ ކުޅެމުން އަންނަ ކުޅުންތެރިންގެ ތެރެއިން މުޅި ދުނިޔޭގެ ލިސްޓުން ހަވަނައިގައި ރާއްޖޭގެ ކާމިޔާބު ފުޓުބޯޅަ ކުޅުންތެރިޔާ އަލީ އަޝްފާޤް (ދަގަނޑޭ) ހިމެނިއްޖެއެވެ.

Ads by Sosun Fihaara

މިއީ މިމަހުގެ 17 ވަނަ ދުވަހާއި ހަމައަށް އެކުލަވާލާފައިވާ ލިސްޓެކެވެ. ލިސްޓުގެ ހަވަނައިގައި ދަގަނޑޭ ހިމެނޭއިރު، އޭޝިއާ ބައްރުން ވެސް މިލިސްޓުގައި ހިމެނިފައިވަނީ އޭނާ އެކަންޏެވެ.

މިލިސްޓުގައި ދެން ތިބީ އެމެރިކާ ބައްރާއި ޔޫރަޕް ބައްރަށް ނިސްބަތްވާ ދުނިޔޭގެ ފުޓްބޯޅައިގެ މަގުބޫލު ތަރިންނެވެ.

ދަގަނޑޭ އަށް ހަވަނަ ލިބިފައިމިވަނީ އޭނާގެ ކެރިއަރުގައި ޖަހާފައިވާ 464 ލަނޑާއެކުގައެވެ. ދަގަނޑޭ އެ އަދަދަށް ގޯލު ޖަހާފައިވަނީ ޤައުމީ ޓީމާއި އެކި ކުލަބުތަކަށް ކުޅުނު 544 މެޗުންނެވެ.

މިލިސްޓުގެ އެއްވަނަ ހޯދާފައިވަނީ ޕޯޗުގަލް ގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ އެވެ. އޭނާއަށް އެއްވަނަ ލިބިފައިވަނީ 760 ލަނޑު ޖަހައިގެންނެވެ. ލިސްޓްގެ ދެވަނައިގައި އޮތް އާޖެންޓީނާގެ ލިއޮނެލް މެސީ ޖަހާފައި ވަނީ 733 ލަނޑެވެ.

ތިންވަނައިގައި އޮތީ 559 ލަނޑު ކާމިޔާބުކުރި ސްވިޑަންގެ ޒްލަޓާން އިބްރަހިމޮވިޗް އެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!