ދުނިޔެ

ޔޫއޭއީގެ ޓޮލެރެންސް މިނިސްޓަރުގެ މައްޗަށް ޖިންސީ ގޯނާގެ ތުހުމަތު

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

އެކުވެރި އަރަބި އިމާރާތު (ޔޫއޭއީ)ގެ ޓޮލެރެންސް މިނިސްޓަރ ޝެއިޚް ނަހްޔާން ބިން މުބާރަކްގެ މައްޗަށް ޖިންސީ ގޯނާގެ ތުހުމަތެއް އުފުލިއްޖެއެވެ.

Ads by Sosun Fihaara

އޭނާގެ މައްޗަށް އުފުލާފައިވަނީ އިނގިރޭސިވިލާތުގެ ކެއިޓްލިން މެކްނަމާރާ ނަމަކަށް ކިޔާ އަންހެނަކަށް، ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތުތަކެކެވެ.

ޝޭހު ނަހްޔާން، ކެއިޓްލިން އަށް ޖިންސީ ގޯނާ ކުރި ކަމަށް ބުނެފައި ވަނީ މިދިޔަ ފެބްރުއަރީ މަހު ޔޫއޭއީގައި ބޭއްވި އިނގިރޭސިވިލާތުގެ އަދަބީ ހަރަކާތެއް އިންތިޒާމު ކުރަން އޭނާ ގޮސް ހުއްޓައެވެ.

މިކަމާއި ގުޅޭގޮތުން އިނގިރޭސިވިލާތުގެ "ސަންޑޭ ޓައިމްސް" އާއި ވާހަކަ ދައްކަމުން ކެއިޓްލިން ބުނެފައި ވަނީ ޝޭހު ނަހްޔާން އޭނާއަށް ޖިންސީ ގޯނާ ކުރީ އަބޫ ދާބީގެ އަލް ގުރުމް ރިޒޯޓުގައި ހުރި ޝޭހުގެ ގެޔަށް ގެންދިޔުމަށް ފަހު އެވެ. އެއީ ހޭ ފެސްޓިވަލް ޔޫއޭއީގައި ބޭއްވުމަށް އެގައުމުގެ ޓޮލެރެންސް މިނިސްޓްރީއާ ގުޅިގެން އޭނާ މަސައްކަތް ކުރާތާ ހަ މަސް ފަހުން، މިދިޔަ ފެބްރުއަރީ މަހުގެ 14 ގައި ކަމަށް ވެސް ބުނެފައިވެއެވެ.

ހޭ ފެސްޓިވަލް ބާއްވާފައިވަނީ ފެބްރުއަރީ މަހުގެ 25 ގައެވެ. އެފެސްޓިވަލު ނިމުމަށްފަހު ކެއިޓްލިން އަށް ޔޫއޭއީ ގެ ޓޮލެރެންސް މިނިސްޓަރ ޖިންސީ ގޯނާ ކުރިކަމުގެ މައްސަލަ، އިނގިރޭސިވިލާތުގެ ފުލުހުންނަށް ވަނީ ހުށަހަޅާފައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!