ޚަބަރު

ޕާޓީގެ ވިޕްލައިނާ ޚިލާފަށް ވިޔަސް އަމީން ވަކި ކުރުމުގެ މަސައްކަތް ކުރާނަން: ރައީސް ނަޝީދު

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

އެމްޑީޕީގެ ޕީޖީން ކޮންމެ ގޮތަކަށް ނިންމިޔަސް އެޕާޓީގެ ވިޕްލައިނާއި ޚިލާފަށް ވިޔަސް ހެލްތު މިނިސްޓަރ ޢަބްދުﷲ އަމީން އެމަގާމުން ވަކި ކުރާނެ ކަމަށް އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

Ads by MWSC

މަޖިލިސް ގެ ރައީސްކަން ވެސް ކުރައްވާ ނަޝީދު މިހެން ވިދާޅުވެފައިވާއިރު، މިއަދު ބޭއްވުނު އެޕާޓީގެ ޕީޖީ ބައްދަލުވުމުގައި، މިނިސްޓަރ ވަކިކުރަން ފާހެއް ނުވެއެވެ.

އަމީން ވަކިކުރުމަށް މަދުވެގެން 29 ވޯޓު ބޭނުންވާއިރު، ވަކި ކުރަން ލިބިފައިވަނީ 27 ވޯޓެވެ.

އެނގިފައިވާ ގޮތުގައި، މިބައްދަލުވުމުގެ ކުރިން އެޕާޓީގެ ޕީޖީ ގްރޫޕުގައި ހިނގައިދިޔަ ހޫނު ބަހުސެެއްގައި ރައީސް ނަޝީދު ވިދާޅުވީ "ޕާޓީގެ ވިޕްލައިނުން ބޭރުން ވެސް މި ވޯޓު އަޅުގަނޑު ލާނަން،" ކަމަށެވެ.

އިތުރު ތަފްސީލު އަންނަނީ

Ads by Ooredoo
  1. ދަރުމަވެރިޔާ

    ބޮޑު ޖޯކެއް

  2. ރައްްޔިތުން

    ވިޕްލައިނާ ޚިލާފުވެއްޖެނަމަ ނަޝިދަށް ފިޔަވަޅު އަޅަން ޖެހޭނެ

  3. އެމްޑީގެ އާންމު މެމްބަރުން

    އެމްޑީޕީ އިން މުޙައްމަދު ނަޝީދު ވަކި ކުރުމަށް ގޮވާލަން – ޕާޓީގެ މުސްތަޤުބަލް އުޖާލާވުން އެގޮތުގެ މައްޗަށް ބާރު ހިފާފަ