ދުނިޔެ

20 އަހަރު ކުރިން ވިހޭ އެއްމާބަނޑު 7 ދަރިން, މިއަދު އެމީހުންނަކީ ކޮބައިކަން އެނގޭތަ؟

މުޙައްމަދު ޝިފާއު ، ދެން އޮންލައިން

އެއްމާބަނޑު 2 ދަރިންނަށް ބަނޑުބޮޑު ވާ ވާހަކައަކީ އަޅުގަނޑުމެންނަށް އައު ވާހަކައެއް ނޫނެވެ. ޚުދު މި ދިވެހި ރާއްޖޭގައިވެސް އެތައް ބަޔަކު އެއްމާބަނޑު 2 ދަރިން ވިހާފައި އެބަހުއްޓެވެ. އެހެން ނަމަވެސް އެއްމާބަނޑު 7 ދަރިން ވިހޭ އަންހެނެއްގެ ވާހަކަ އަޅުގަނޑު މި އަޑުއެހީ އަލަށެވެ. ވަރަށްވެސް ހިތްވަރު ގަދަ މަންމައެކެވެ. އިނގިިރޭސި ވިލާތުގައި މީގެ 20 އަހަރު ކުރިން މި އަންހެން މީހާ ވަނީ އެއްމާބަނޑު 7 ދަރިންނަށް ބަނޑުބޮޑުވެ އެ 7 ދަރިން ވެސް ވިހާފައެވެ. މައިމީހާއާއި 7 ދަރިންގެ ހާލު ވެސް ރަނގަޅެވެ.

Ads by Sosun Fihaara

ދަރިއެއް ލިބޭތޯ ކުރި ފުރަތަމަ މަސައްކަތުން ލިބުނީ އެންމެ ކުއްޖެކެވެ. އެއީ އެކުޑަ ކުޑަ އާއިލާއަށް މަރުހަބާ ކީ އެންމެ ފުރަތަމަ އަންހެން ދަރިއެވެ. އެހިސާބުންވެސް ދެމަފިރިން ވެސް އަދި ދަރިން ހޯދުން ހުއްޓާލާކަށް ނޭދެއެވެ. އެހެންކަމުން އަނެއްކާ ވެސް އެންމެ ފުރަތަމަ ވިހޭ ދަރިއަށް 1 އަހަރު ވީ ފަހުން ދެން މަސައްކަތް ކުރީ ދަރިން ހޯދާށެވެ.

ބަނޑުބޮޑުކަން އެނގުނެވެ. އެހެން ނަމަވެސް ކިތައް ދަރިންނަށް ކަމެއް ނޭނގެއެވެ. ޑޮކްޓަރަށް ދައްކަން ގޮސް ސްކޭން ކުރި ކުރުމުން އެނގިގެން ދިޔައީ ބަނޑުބޮޑުވެފައި މިވަނީ އެއްމާބަނޑު 7 ދަރިންނަށް ކަމަށެވެ. ޑޮކްޓަރުން ލަފާ ދިނީ އެހެން ގޮތަކަށެވެ. ބައެއް ދަރިންނަށާއި، މައިމީހާއަށް ލިބިދާނެ ގެއްލުމަކަށް ރިޢާޔަތް ކޮށް ބައެއް ދަރިން ބަނޑުން ނެގުމަށެވެ.

އެހެންނަމަވެސް ހިތުގައި އުފެދިފައިވާ މައިވަންތަ ކަމުގެ ކުލުނާއި، އުފެދިފައިވާ ލޯތްބެއްގެ ސަބަބުން އެއްވެސް ދަރިއެއް ނަގާކަށް އެ ދެމަފިރިން ވެސް ބޭނުމެއް ނުވިއެވެ. ވަރަށް ހިތްވަރާއި އެކު ކުރިމަތި ވެދާނެ ނުރައްކަލަކާއި ކުރިމަތި ލުމަށް އެ ދެމަފިރިން ވެސް ތިބީ ނިކަން ކެރިގެން ތައްޔާރަށެވެ.

ވަރަށް ތައްޔާރީތައް ވެފައި ވަނިކޮށް، ވިހަން ދީފައިވާ ތާރީޚުގެ 9 ހަފްތާ ކުރިން، އެ މައިމީހާގެ ބަނޑުގައި ރިހެން ފަށައިފިއެވެ. އަދި ބަނޑުގައިވާ ދަރިން ދުނިޔެއަށް އައުމަށް ވަނީ ތައްޔާރުވެފައެވެ. މާ ލަސްތަކެއް ނުކޮށް ޑޮކްޓަރުން އޮޕަރޭޝަން ކޮށްގެން ހުރިހާ ދަރިންވެސް ނެގިއެވެ. ކޮންމެ ދަރިއެއްވެސް ނަގަމުން ދިޔައީ 6 މިނެޓުގެ ފަރަގަކާއި އެކުގައެވެ.

އެދަރިން ދުނިޔެއަށް އައުމާއި އެކު ގިނަ ބައެއްގެ ސަމާލުކަން އެ އާއިލާއަށް ލިބިގެން ދިޔައެވެ. ކުރިން އެންމެ 3 މެންބަރުން ހިމެނޭ މި ކުޑަކުޑަ އާއިލާގައި މިހާރު 10 މެމްބަރުން އެބަ ތިއްބެވެ. އަދި އެކި އެކި ފަރާތްތަކުން އެ އާއިލާއަށް އެހީގެ އިތުރުން އެކި ކަހަލަ ހަދިޔާތައް ވެސް ލިބިގެން ދިޔައެވެ. ބޭރުގެ މީޑިއާތަކުން ހާމަ ކުރާގޮތުގައި އާއިލާ ގޮވައިގެން ދުއްވާލަން ދިއުމަށް ވޭނެއްގެ އިތުރުން 5000 ސްކޮޔާ ފޯޓުގެ ބޮޑު ގެއެއް ވެސް ވަނީ ހަދިޔާއެއްގެ ގޮތުގައި ލިބިފައެވެ.

މިއަދު އެމީހުން ކޮބާ؟

މިއަދު އެހުރިހާ ދަރިންގެ ހާލުވެސް ރަނގަޅެވެ. ހުރިހާ އެންމެން ވެސް ވަނީ ތައުލީމީ ހާސިލް ކޮށްފައެވެ. އެއްބައި ދަރިން މަސައްކަތުގެ ދާއިރާއަށް ނުކުމެފައި ވާއިރު އަނެއް ބައި ދަރިން އަދިވެސް އިތުރަށް އަންނަނީ ކިޔަވަމުންނެވެ. މިއަދު އެ މަންމަ އަކީ ވަރަށް ހިތްވަރުގަދަ އަދު ފަޚުރުވެރި މަންމަ އެއް ކަން ޔަގީނެވެ.

އާއިލާގައި ލަވަކިޔުންތެރިންނާއި ޓީޗަރުންގެ އިތުރުން ގައުމުގެ ސަލާމަތަށް ޓަކައި މަސައްކަތް ކުރާ ވަރުގަދަ ފަހުލަވާނެއް ވެސް ހިމެނެއެވެ.

Ads by Allied Insurance
  1. ފާތް

    ތި ފޮޓޯ ތަކެއް ދިމައެއްނުވޭ އެކި ފޮޓޯ ގައި އަންހެން ފިރިހެން ތިބީ އެކި ވަރަށް.

    • ގާރލް 7

      ތިރީ ފޮޓޯގައި ޓައީ އަޅާފައި އެހުރީ ޝަރަފްވެރި މެހެމާންހެން ހީވަނީ.. ދެން 1 ގާރލް އެންޑް 1 ބޯއީ މަދު އެ ފޮޓޯއިން

  2. ކޮބާ

    އަޅެ. އެ 7 ކުދިންނާއި މަންމަ އާއި އަނެއް 3 މެންބަރުންގެ ފޮޓޮއެއް ނެތްތަ؟؟؟

  3. މޯޑު

    ޚަބަރުގައި ވާގޮތުން އެމީހުންނަށް އެއްމެ ފުރަތަމަ ލިބުނީ އައްހެން ކުއްޖެއް. ދެން ލިބުނީ އެއްމާބަނޑު 7 ކުދިން. އެއީ 3 އަންހެންކުދިންނާއި 4 ފިރިހެން ކުދިން. ފޮޓޯތަކުގަ އެއްވެސް މައްސަލައެއް ފާހަގައެއް ނުކުރެވޭ. ޚަބަރު ރަންގަޅަށް ކިޔާލުން އެދެން.