މަޖިލިސް ރައީސްގެ އިތުބާރުނެތް ކަމުގެ ވޯޓު ނަގަން މަސައްކަތް ކުރާނަމަ ރައީސުލްޖުމްހޫރިއްޔާގެ އިތުބާރު ނެތްކަމުގެ ވޯޓު ނަގަން މަސައްކަތް ފަށާނަން: ޢާޒިމް

މަޖިލިސް ރައީސް މުޙައްމަދު ނަޝީދުގެ އިތުބާރު ނެތް ކަމުގެ ވޯޓްނަގަން މަސައްކަތް ކުރާނަމަ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހުގެ އިތުބާރުނެތްކަމުގެ ވޯޓް ނަގަން މަސައްކަތް ފަށާނާނެކަމަށް ރައްޔިތުންގެ މަޖިލީހުގެ މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ ޢާޒިމް ވިދާޅުވެއްޖެއެވެ.
އަލީ ޢާޒިމް މިހެން ވިދާޅުވެފައި މިވަނީ އެމްޑީޕީގެ ރައީސް ނަޝީދު އެޕާޓީން ވަކި ކުރެއްވުމަށް ރައީސް ޞާލިހަށް ސަޕޯޓް ކުރައްވާ އެމްޑީޕީ މެމްބަރު ގޮވާލައްވަމުން އަންނަ ދަނޑިވަޅެއްގައެވެ.
"މަޖިލިސް ރައީސް ވަކި ކުރުމަށްޓަކައި ވޯޓް ހަމަކުރަން މަސައްކަތް ފަށައިފިނަމަ ރައީސް ޞާލިހުގެ އިތުބާރުނެތް ކަމުގެ ވޯޓް ހަމަކުރުމުގެ މަސައްކަތް އަޅުގަނޑުމެންވެސް ފަށާނަން" ޢާޒިމް ވިދާޅުވިއެވެމަޖިލިސް ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތް ކަމުގެ ވޯޓް ނެގުމަށް މަސައްކަތް ކުރާ ކަމުގެ އަޑުތައް މިފަހުން ދޭތެރެ ދޭތެރެއިން ގަދަވެއެވެ. މިއަޑުތައް އަނެއްކާވެސް ގަދަވެފައި މިވަނީ މިދިޔަ ޖެނުއަރީ މަހުގެ 28 ވަނަ ދުވަހު އެމްޑީޕީން ބޭއްވި އެޕާޓީގެ ރިޔާސީ ޕްރައިމަރީއަށް ފަހު ޕާޓީގެ އެތެރޭގެ ކޯޅުންގަނޑު ބޮޑުވެފައިވަނިކޮށެވެ. މިގޮތުން ރައީސް ނަޝީދު ދަނީ އެމްޑީޕީގެ މެމްބަރުންގެ ތެރެއިން އެމަނިކުފާނަށް ތާއިދުކުރައްވާ މެމްބަރުންނާއެކު "ފިކުރެއްގެ ދިރުން" ނަމުގައި އެމްޑީޕީގެ ތެރޭގައި ގޮއްޕެއް އުފެއްދެވުމުގެ މަސައްކަތް ކުރައްވަމުންނެވެ.






ކޮމެންޓް