ސިއްޙަތު

ކޮވިޑް-19 ވެކްސިން ޖެހި މީހެއް މަރުވި ނަމަވެސް، ވެކްސިން ޖެހުން ހުއްޓައެއް ނުލާނެ

ދުނިޔޭގެ ގިނަ ގައުމުތަކުގައި އެންމެ ހަލުވި ކަމާއެކު ކުރެެވެމުން އަންނަ މަސައްކަތަކީ ކޮވިޑް-19 އަށް ފަރުވާ އެއް ނުވަތަ ވެކްސިނެއް ހޯދުމުގެ މަސައްކަތެވެ. އެގޮތުން މި މަސައްކަތްތަކަށް ބޮޑެތި ކުރިއެރުން ތަކެއް ލިބި، ގިނަ ގައުމުތަކުގައި މިހާރު ކުރިއަށް ދަނީ އިންސާނުންނަށް ވެކްސިން ޓެސްޓުކުރުމުގެ މަސައްކަތެވެ.

އެގޮތުން ބްރެޒިލްގައި ގައި އެސްޓްރަޒެނީކާ އާއި އޮކްސްފޯޑް އިން ގުޅިގެން ކޮވިޑް-19 އަށް ވެކްސިން އެއް ތައްޔާރުކޮށް، އިންސާނުންގެ ޓްރަޔަލްގެ މަސައްކަތް ކުރަމުންނެވެ.

ނަމަވެސް ގިނަ ބަޔަކަށް އެންމެ ސިހުން ގެނުވި އެއް ކަމަކީ ބްރެޒިލްގައި ތައްޔާރު ކުރަމުން އައި ވެކްސިން ޓެސްޓު ކުރަމުން އައި ވޮލިންޓިއަރެއް މަރުވި ޚަބަރަށެވެ. ޓެސްޓު ކުރަމުން އައި މީހަކު މަރުވި ކަން ބްރެޒިލްގެ އިދާރާތަކުން ހާމަކޮށްފައިވަނީ ބުދަ ދުވަހުއެވެ.

ވޮލިންޓިއަރެއް މަރުވި ނަމަވެސް އޮކްސްފޯޑް އިން ވަނީ ވެކްސިން ގެ ދިރާސާތައް ހުއްޓާނުލާ ކުރިއަށް ގެންދިއުމަށް ނިންމާފައެވެ. އެގޮތުން ވެކްސިންގައި ސިއްހީ ގޮތުން ކަންބޮޑުވާން ޖެހޭ ފަދަ އެއްވެސް ކަމެއް ނެތް ކަމުގައި އޮކްސްފޯޑް އިން ވަނީ ބުނެފައެވެ.

މިކަމާ ގުޅިގެން އެސްޓްރަޒެނީކާ ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ.

މިހާތަނަށް ބްރެޒިލްގެ އެކި ހިސާބުތަކުން ޖުމްލަ 8 ހާހަށް ވުރެ ގިނަ މީހުންނަށް ވަނީ ވެކްސިންގެ ފުރަތަމަ ޑޯޒް ދީފައެވެ.

 

 

 

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!