ދުނިޔެ

ކޮވިޑް19: ދުވަހަކު ވެސް ފޯނު ނުގެންގުޅުއްވާ ޝައިޚް ފަލާޙް ނިޔާވެއްޖެ

އިބްރާހީމް ޙުސައިން ، ދެން އޮންލައިން

ކުވައިތުގެ ދީނީ ޢިލްމުވެރިއެއް ކަމަށްވާ އުމުރުފުޅުން 70 އަހަރުގެ ޝައިޚް ފަލާޙް މަންދަކަރް ، ކޮވިޑް ޖެހިގެން ނިޔާވެއްޖެއެވެ.

Ads by Sosun Fihaara

ކުވައިތުގެ ނޫސްތަކުން ބުނާ ގޮތުގައި ޝައިޚް ފަލާޙް ދުނިޔެ ދޫކުރެއްވީ ކޮވިޑް ޖެހިގެން ހޮސްޕިޓަލްގައި ފަރުވާ ދެމުން ދަނިކޮށެވެ.

ޝައިޚް ފަލާޙް ފާހަގަ ކުރެވެނީ ޓެރެރިޒަމާއި ހައްދު ފަހަނައެޅުމާ ދެކޮޅަށް ، ބުރަ މަސައްކަތްތަކެއް ކުރެއްވި ޝައިޚެއްގެ ގޮތުގައި ކަމަށް ކުވައިތުގެ މީޑިއާތަކުން ބުނެއެވެ. އެގޮތުން އެކަންކަމާ ގުޅޭ 11 ފޮތެއް އެމަނިކުފާނު ނެރުއްވިއެވެ. އަދި ކޮވިޑް ބަލީގައި ނިޔާވާ މީހުންނަކީ ޝަހީދުންކަމަށް ޝައިޚް ފަލާޙް ވަނީ ފަތުވާ ނެރުއްވާފައެވެ.

ޝައިޚް ފަލާޙްއަކީ ހިތްތިރިކަމާ ދީންވެރިކަމުގައި ވެސް ތަފާތު ބޭފުޅެއްގެ ގޮތުގައި ކުވައިތުގެ މީޑިއާތައް ފާހަގަ ކުރެއެވެ. އެގޮތުން އެމަނިކުފާނު ދުވަހަކު ވެސް މޯބައިލް ފޯނެއް ނުގެންގުޅުވާކަމަށް ޚަބަރުތައް ބުނެއެވެ.

ޝައިޚް ފަލާޙަށް ﷲގެ ތަނަވަސް ރަޙުމަތް އިތުރު ކުރައްވާށިއެވެ. އެމަނިކުފާނަށް ފުއްސަވާ ، ރުއްސަވާން ދޭވެއެވެ. އާމީން!

  1. ޙަސަނު

    ޢާމީން

  2. އިބުރާހީމް

    ޢާމީން

  3. ޢާމީން

  4. ފިޒާ

    انا لله وانا إليه راجعون
    މާތްﷲ، މައްޔިތާގެ ފާފަ ފުއްސަވައި ސުވަރުގޭގެ މަތިވެރި ނިޢުމަތް މިންވަރު ކުރައްވާށި. އަދި ޢާއިލާއަށް ކެތްތެރިކަން ދެއްވާށި. آمین