ކްލަބުތަކުން ބޭނުންވެގެން، ބިދޭސީ ކީޕަރުން ބޭނުންކުރެވޭ ގޮތަށް ވަގުތީ ހުއްދައެއް ދީފި

ކުރިއަށް އޮތް ސީޒަނުން ފެށިގެން ބިދޭސީ ގޯލު ކީޕަރުން ރާއްޖޭގެ ފުޓުބޯޅަ ޓީމުތަކަށް ނުގެނެވޭނެ ގޮތަށް ނިންމާފައި އޮތް އޮތުން ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ބަދަލު ކޮށްފިއެވެ.
އެގޮތުން ކްލަބުތަކުގެ އެދުމުގެ މަތިން ކުރިއަށް އޮތް ސީޒަނުގައި ބިދޭސީ ގޯލު ކީޕަރުން ބޭނުން ކުރުމުގެ ވަގުތީ ހުއްދައެއް އެފްއޭއެމުން ވަނީ ދީފައެވެ.
މިއަހަރުން ފެށިގެން ބިދޭސީ ކީޕަރުން ބޭނުން ނުކުރެވޭނެ ގޮތަށް އެފްއޭއެމުން ކުރިން ނިންމީ، ދިވެހި ކީޕަރުންނަށް އެފުރުސަތު އިތުރު ކުރުމުގެ ގޮތުންނެވެ. ނަމަވެސް އެފްއޭއެމުން ކުރިން ބުނީ މިދިޔަ ސީޒަން ޖޫން މަހު ފަށަން ނިމުމާ އެކު، އެ ސީޒަން ކުރިއަށްދާނީ މި އަހަރުގެ ކުރީކޮޅާ އެއްކޮށް ކަަމަށްވާތީ ބިދޭސީ ކީޕަރުން ނުގެނެވޭ ގަވާއިދަށް އަމަލުކުރަން ފަށާނީ 2020/2021 ވަނަ ސީޒަނުން ފަށައިގެން ކަމަށެވެ.
ނަމަވެސް ކޮވިޑް-19 އާއި ގުޅިގެން ދިމާވި ކަންތައްތަކުގެ ސަބަބުން، ކްލަބުތަކުން ބޭނުންނަމަ ބިދޭސީ ކީޕަރުން ގެނައުމުގެ ފުރުސަތު އެބައޮތްކަމަަށް މީގެކުރިން ވެސް އެފްއޭއެމުން ވަނީ ބުނެފައެވެ.