ޚަބަރު

‎ޒުވާނުންނަށް ރައީސް ދެއްވީ ފުރުސަތު ނެތް ކަމުގެ ޔަގީންކަން: ޝިޔާމް

ރައުފާ ރަޝީދު ، ދެން އޮންލައިން

ގައުމީ ޒުވާނުންގެ ދުވަހު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ޒުވާނުންނަށް ދެއްވި ޔަގީން ކަމަކީ ފުރުސަތު ނެތުމުގެ ޔަގީންކަން ކަމަަށް ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެންބަރު އަދި ޕީޕީއެމްގެ ނައިބު ރައީސް އަހުމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ.

Ads by Sosun Fihaara

އިއްޔެ ފާހަގަކުރި ގައުމީ ޒުވާނުންގެ ދުވަހާއި ގުޅިގެން  ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު ވަނީ މުސްތަގުބަލާ ގުޅޭ ކަންތަކުގައި ގޮތް ނިންމާއިރު ޒުވާނުންގެ ހިޔާލު ހޯދުން މުހިއްމުކަމަށް  ވިިދާޅުވެފައެވެ. އަދި ޒުވާނުންގެ ގާބިލިއްޔަތު ގައުމަށް ހޯދައި ދިނުމުގައި ޒުވާނުންނަށް ފުރުސަތުތައް ފަހިކޮށްދީ، ގައުމުގެ މުސްތަގުބަލު ބިނާކުރުމުގައި ޒުވާނުންގެ ބަސް ހިމެނުމަކީ ސަރުކާރުގެ ޒިންމާއެއް ކަމަށް ވެސް ވިދާޅުވިއެވެ. އަދި އެކަން ސަރުކާރުން ކުރާނެކަމުގެ ޔަގީންކަންވެސް އެމަނިކުފާނު ވަނީ ދިވެހި ޒުވާނުންނަށް ދެއްވައިފައެވެ.

އޭގެ ފަހުން އިއްޔެ ހަވީރު ރައީސް ސޯލިހު ވަނީ ހެލްތް މިނިސްޓަރު ކަމަށް ރައީސް އޮފީހުގެ މިނިސްޓަރު އަހުމަދު ނަސީމް ހަމަޖައްސަވާފައެވެ. އިދިކޮޅުން ވަނީ ރައީސްގެ އެ ނިންމެވުމާއި ޒުވާނުންގެ ދުވަހާއި ގުޅިގެން ރައީސް ދެއްކެވި ވާހަކަފުޅާ ގުޅުވާ ވަރަށް ބޮޑަށް ފާޑުކިޔާފައެވެ.

"ގައުމު ބަގުރޫޓްކޮށް އަޅުވެތި ކޮށްފި. ޒުވާނުންގެ މުސްތަގްބަލެއް އޮންނާނީ ގައުމެއް އޮވެގެން،" ޝިޔާމް ވިދާޅުވިއެވެ.

ހެލްތް މިނިސްޓަރު ކަމަށް ނަސީމް ހަމަޖެއްސެވި ކަމަށް ލިޔެފައިވާ ހަބަރަކާއެކު ޝިޔާމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޕާޓީގެ ނަމުގައި "ޑިމޮކްރަޓިކް" ޖަހައިގެން ޕާޓީގެ ވެރިކަމުގައި ފެންނަނީ"ނެޕޮޓިސަމް" ކަމަށެވެ. ގައުމީ ޒުވާނުންގެ ދުވަހު ރައީސް ސޯލިހު ޒުވާނުންނަށް ދެއްވި ޔަގީން ކަމަކީ ފުރުސަތު ނެތް ކަމުގެ ޔަގީންކަން ކަމަށް ވެސް ޝިޔާމް ވިދާޅުވިއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!