ބޮލީވުޑް މުނިފޫހިފިލުވުން

ދެވަނަ ދަރިއަކަށް ބަލިވެއިން ޚަބަރު ކަރީނާ ދިނުމުން ސައިފުގެ ފަރާތުން ފިލްމީ ޖަވާބެއް ނުލިބޭ

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ބޮލީވުޑްގެ "ޕަވަރ ކަޕްލް" ކަރީނާ ކަޕޫރް ޚާން އާއި ސައިފް ޢަލީ ޚާން ގެ ޚަބަރު ތަކަކީ ގިނަ މީހުން އެނގި ފޫހިނުވާ ވާހަކަތަކެކެވެ.

Ads by MWSC

ލޯބީގެ ގޮތުން އެދެމީހުން ގުޅުނު ދުވަހުން ފެށިގެން މިއަދާ ހަމައަށް ވެސް ސައިފް އާއި ކަރީނާގެ ވާހަކަތައް އެނގެން ބޭނުންވާ މީހުން މަދެއް ނޫނެވެ.

އެދެމަފިރިންނަަށް ދެވަނަ ދަރިއަކު ލިބެން އުޅޭކަމުގެ އުފާވެރި ޚަބަރު މީގެ ދެ މަސްވަރު ކުރިން އެމީހުން ވަނީ މީސްމީޑިއާ މެދުވެރިކޮށް އެންމެންނާ ހިއްސާ ކޮށްފައެވެ. އަދި މިހާރު ކަރީނާގެ ބަނޑަށް ފަސް މަސް ކަން ވެސް ދާދި ފަހުން ހާމަ ކޮށްފައި ވެއެވެ.

ނަމަވެސް ކަރީނާ އިނީ ދެވަނަ ދަރިއަކަށް ބަލިވެކަން އެންމެ ފުރަތަމަ ސައިފް އަށް އެނގުނު ދުވަހު، އޭނާއަށްވީ ކިހިނެއްކަން އެނގެން ބޭނުންވާ މީހުން އެބަތިއްބެވެ.

ފިލްމްފެއާ އަށް ދިން އިންޓަވިއު އެއްގައި ކަރީނާ ބުނީ، އޭނާ އިނީ ދެވަނަ ދަރިއަކަށް ބަލިވެކަން ސައިފް ކައިރީ ބުނުމުން އެއްވެސް "ފިލްމީވަންތަ" ޖަވާބެއް ނުވަތަ ރައްދެއް ސައިފްގެ ފަރާތުން ނުލިބޭ ކަމަށެވެ.

"އަހަރުމެންގެ ގޭ ތެރޭގައި އެއްވެސް ފިލްމީވަންތަ ކަމެއް ނުހުންނާނެ" ކަރީނާ ބުނެފައިވެއެވެ.

ކަރީނާ ބުނީ ދެވަނަ ފަހަރަށް ބަލިވެ އިނީ ވެސް އެކަމަށް ކުރިންސުރެ ތައްޔާރުވެގެން ހުއްޓާ ނޫން ކަމަށާއި އެހެން ނަމަވެސް ބަލިވެ އިން ޚަބަރު ދިނުމުން ސައިފް ވެސް އުފާވި ކަމަށެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!