އެންމެފަހުން ކައި ވެސް ޓިކްޓޮކަށް!

ދިވެހި މަޝްހޫރު މޮޑެލް ކައިޒީން (ކައި) ވެސް، ގިނަ މީހުންގެ މެދުގައި މަގުބޫލުކަމެއް ހޯދާފައިވާ "ޓިކްޓޮކް"އާ ގުޅިއްޖެއެވެ.
"ދެން" އަށް މައުލޫމާތު ދެމުން ކައި ބުނީ އޭނާ ޓިކްޓޮކް ބޭނުން ކުރަން ފެށީ މިއަދު މެންދުރުގެ ވަގުތެއްގައި ކަމަށެވެ.
ކައި ގެ ޓިކްޓޮކް އެކައުންޓު އަދި ވެރިފައި ނުވި ނަމަވެސް މިހާރު ވެސް ޓިކްޓޮކް ގައި 4000 އަށްވުރެ ގިނަ މީހުން އޭނާ ފޮލޯ ކޮށްފައިވެއެވެ.
ކައި ބުނި ގޮތުގައި ވެސް ޓިކްޓޮކް ބޭނުން ކުރަން ފެށީ، ޓިކްޓޮކް ގެ ސައުތު އޭޝިއަން ޓީމުން ދިން ދައުވަތަކުން ކަމަށެވެ.

މޯލްޑިވިއަން ގައި ކުރިން ކެބިން ކްރޫ އެއްގެ ގޮތުގައި މަސައްކަތް ކުރި ކައިޒީން އަކީ ގިނަ ބައެއްގެ މެދުގައި މަގުބޫލުކަން ހޯދާފައިވާ އަދި އޭނަގެ ރީތިކަމަށް އެތައް ބަޔަކު ތައުރީފުކުރާ ފަންނާނެކެވެ. އެގޮތުން ކޮވިޑްގެ ހާލަތާ ދިމާކޮށް މިއަހަރު ކައި ބޭއްވި "ގިވްއަވޭ" ގެ ސަބަބުން ވެސް އޭނާއަށް ވަރަށް ހޫނު ތަރުހީބެއް ލިބިފައި ވެއެވެ.