ދުނިޔެ

ހަތަރު އަތާއި ހަތަރު ފައި ހުރި ކުއްޖެއްގެ އޮޕަރޭޝަން ކޮށްފި

އިބްރާހީމް ޙުސައިން ، ދެން އޮންލައިން

އިންޑިއާ: އުފެދުމުގައި ހަތަރު އަތާއި ހަތަރު ފައި ހުރި އިންޑޯގެ ޖަބުއާ ޑިސްޓްރިކްޓް ކުއްޖެއްގެ ދެފަޔާ ދެއަތް ވަކި ކުރުމުގެ އޮޕަރޭޝަނެއް ކާމިޔާބު ކަމާއެކު ކޮށްފިއެވެ.

Ads by Sosun Fihaara

މިއޮޕަރޭޝަން ކުރީ އިންޑޯގައި ހުންނަ ސަރުކާރުގެ ހޮސްޕިޓަލެއް ކަމަށްވާ މާހާރާޖު ޔާސްވަންތު ރާއޯ ހޮސްޕިޓަލްގައެވެ. އެ ހޮސްޕިޓަލްގެ ސީނިއަރ ޑޮކްޓަރެއް ކަމަށްވާ ޑރ.ކޭކޭ އަރޯރާގެ އިރުޝާދުގެ ދަށުން ޑޮކްޓަރުންގެ ޓީމެއް މި އޮޕަރޭޝަން ކުރީ މިމަހުގެ 16 ވަނަ ދުވަހުއެވެ.

އެ ޓީމުގައި ހިމެނޭ ޑޮކްޓަރަކާ ހަވާލާދީ އިންޑިއާގެ މީޑިއާތައް ބުނެފައި ވަނީ ކުއްޖާ ގޮވައިގެން އެކުއްޖާގެ މައިންބަފައިން ފަރުވާ ހޯދުމަށް އެ ހޮސްޕިޓަލަށް ދިޔައީ މިމަހުގެ 12 ވަނަ ދުވަހުކަމަށާއި ބޭނުންވާ ހުރިހާ ޓެސްޓްތައް ހެދުމަށްފަހު އޮޕަރޭޝަން ކުރުމަށް ނިންމި ކަމަށެވެ. އަދި ކާމިޔާބު އޮޕަރޭޝަނަށް ފަހު ކުއްޖާ ދެތިން ދުވަހަކު އައިސީޔޫގައި ބޭއްވި ކަމަށާއި އޭގެ ފަހުން ގެއަށް ދޫކޮށްލާފައިވާ ކަމަށް ވެސް އެ ޑޮކްޓަރު މައުލޫމާތު ދީފައި ވެއެވެ.

އުފެދުމުގައި ގުނަވަންތައް އިތުރުވެ ނުވަތަ މަދުވުމަކީ ވަރަށް މަދުން ހިނގާ ކަމެކެވެ. ޞިއްޙީ މާހިރުން ބުނާ ގޮތުގައި ކޮންމެ އެއް މިލިއަނަކާއި ދެމިލިއަން ކުދިންގެ ތެރެއިން މިފަދަ އައިބުތައް ފާހަގަ ކުރެވެނީ އެންމެ ކުއްޖެއްގެއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!