ވިޔަފާރި

ޝިފާއުގެ ލަވަތަކަށް ލޯބި ކުރާ ފަރާތްތަކުން މިރޭ ދާންވީ ފުޑް ބޭންކަށް!

ޢާލިމް އަބްދުއްލަތީފް ، ދެން އޮންލައިން

ދިވެހި ޒުވާން ލަވަކިޔުންތެރިޔާ މުހައްމަދު ޝިފާއު އަކީ ކުޑަދުވަސްކޮޅެއްގެ ތެރޭގައި ގިނަ ބައެއްގެ ލޯބި ހޯދި ޒުވާން ފަންނާނެކެވެ. ލަވަކިިޔުމުގެ ދާއިރާގެ އުދަރެހުން އަލަށް ފައުޅުވި އަލިގަދަ ތަރިއެކެވެ. މިހާތަނަށް 3 ލަވަ ޝިފާއު ނެރެފައިވާއިރު ޝިފާއުގެ ލަވަތަކަށް ލޯބި ކުރާ ފަރާތްތަކުން މިރޭ ޝިފާއުގެ އަޑު އަހާލަން ބޭނުން ނަމަ ދާންވީ ފުޑްބޭންކަށެވެ.

Ads by STELCO

ފުޑްބޭންކަށް ދާންވީ ޝިފާއުގެ ލަވަތައް އަޑު އަހާލަން އެކަންޏެއް ނޫނެވެ. ތަފާތު އެކި ރަހަތަކުގެ މީރު ކެއުންތައް ލިބޭ ފުޑް ބޭންކުން މިއަދުގެ ކޮންމެ ވަގުތެއްގައިވެސް 25 އިންސައްތަ ޑިސްކައުންޓު ލިބޭނެއެވެ. އެހެންކަމުން ލޯބިވެރިޔާ ގޮވައިގެން މިރޭ ރޭގަނޑުގެ ކެއުމަށް ފުޑްބޭންކަށް ޖައްސާލަ ބަލާށެވެ.

މިރޭ 7:30ގައި ފުޑް ބޭންކުގައި ލައިވް މިއުޒިކް ކުރިއަށް ދާނެއެވެ. ލައިވް ،މިއުޒިކްގައި ޕާފޯރމް ކުރާނީ ޒުވާން ގުރޫޕެކެވެ. "ޔާރާ" ލަވަ އަދި "އެކަމެއް ނުވިޔޭ"ގެ އަޑުގެ ވެރިޔާ ޝިފާއުގެ އަޑު މިރޭ ފުޑް ބޭންކުގައި ގުގުމާލާނެއެވެ. ފުޑްބޭންކު ހުންނާނީ އިސްކަންދަރު ސްކޫލް ކުރިމައްޗަށް ވާ ގޮތަށް ދީދީ ގޯޅީގައެވެ

މިހާރުންސުރެ މިރޭ ފުޑްބޭންކަށް ދާން ބަނޑު ހުސްކުރަން ވީއެވެ. ސަބަބަކީ ފުޑްބޭންކުގެ މީރު ރަހަތަކުން ބަނޑު ފުރޭނެތީއެވެ. ބަނޑު އެކަންޏެއް ނޫނެވެ. ހިތްވެސް ފުރޭނެކަން ޔަގީނެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!