ޚަބަރު

ފައިސާ ފޭރެން އުޅުނު ހާދިސާ: ރައީސް ނަޝީދުގެ ތައުރީފު ޕެޕަރ ސްޕްރޭ ބޭނުންކުރި އަންހެންމީހާއަަށް

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

މިއަދު މެންދުރެއްހާއިރު ބެންކް އޮފް ސިލޯން (ބީއޯސީ) ކުރިމަތިން ފޭރެން އުޅުނު ބަޔަކު ހުއްޓުވަން އުޅުނު އަންހެނަކަށް ރައްޔިތުންގެ މަޖިލިސް ރައީސް މުޙައްމަދު ނަޝީދު ތައުރީފު ކޮށްފިއެވެ.

Ads by MWSC

މިއަދު 11:40 ހާއިރު ބެންކް އޮފް ސިލޯން ކުރިމަތިން، ސައިކަލެއްގައި އައި ބަޔަކު ފޭރެން މަސައްކަތް ކޮށްފައިވަނީ "ރޫޓް" ގެ ފައިސާ ތަކެއް ހިފައިގެން އައި ވެހިކަލެއްގެ ތެރެއިންނެވެ.

މިހާދިސާގެ ސީސީޓީވީ ފުޓޭޖުން ފެންނަ ގޮތުގައި، ފޭރެން ދިޔަ މީހުންނަށް އެކަން ކާމިޔާބެއް ނުވެއެވެ. އެމީހުން ހުއްޓުވާފައިވަނީ ބީއޯސީ ގެ ސެކިއުރިޓީ އޮފިސަރުން ތަކަކާއި، މިއަންހެންމީހާ އެވެ. އޭނާ ވަނީ ފޭރެން އައި މީހުން ހުއްޓުވަން ޕެޕަރ ސްޕްރޭ ޖަހާފައެވެ.

މަރިޔަމް ޖީލާ ނަމަކަށް ކިޔާ އެއަންހެން މީހާއަށް ރައީސް ނަޝީދު ވަނީ މީސްމީޑިއާ މެދުވެރިކޮށް މަރުހަބާ ދަންނަވާ، އޭނަގެ ހިތްވަރު ފާހަގަ ކުރައްވާފައެވެ.

ނަމަވެސް ބީއޯސީ ގެ ސެކިއުރިޓީން ދެއްކެވި ހިތްވަރަށް ރައީސް ނަޝީދު އެއްޗެއް ވިދާޅުވެފައި ނުވުމުން، އެމަނިކުފާނަށް އާއްމުންގެ ބައެއް މީހުން ވަނީ ފާޑު ކިޔާފައެވެ.

Ads by Allied Insurance
  1. ޙައްވަ

    ބުރޯ ތިބުނާ ސުޕްރޭ އެއްޖަހަނީ ފޭރެން އުޅުން މީހުން. ނަޝީދު ވީޑިއޯ ބެލި އިރު ހުންނެވީ އައިނު އަޅުށްވާގެން ތޯ؟

  2. ކިނބޫ

    އަނބިމީހާ އަތްދަބަހަށް ކަޓަރު ލައިގެން އުޅޭ މީހާހެން އަބަދު ސްޕްރޭފުޅިއެއް އަތަށް ލައިގެން ހުންނަ ކަނބަލެއްތަ އެއީ!

  3. ޙަނު

    ޙެލްމެޓްް އަޅައިގެންް ހުންނައިރުު ޕެޕާާ ސްޕަރޭެ ޖެހޭތަ

    • މުހައްމަދު

      ޕެޕާ ސްޕްރޭ މިހަަރު ވިއްކަން ހުންނަނީތޯ؟ އަނެއްކާ ސްޕްރޭ ޖެހީ ކާކުކަން މިހާރު އޮޅިއްޖެ

  4. ކޮންމެސް މީހެއް

    ޕެޕަރ ސްޕްރޭ އެއީ ރާއްޖޭގައި އާންމު ރައްޔިތުމީހާ ގެންގުޅުމުގެ ހުއްދަ އޮންނަ އެއްޗެއްތަ؟