Monday, 2 November 2026
Advertisement
Ooredoo — Airfibre (leaderboard)
ސަރުކާރު

ދިވެހިސިފައިންނަކީ ޤައުމާއި ރައްޔިތުންގެ ޙައްޤުގައި ފަޚުރުވެރި ޚިދުމަތުގައި ދެމި ތިބޭބައެއް: ރައީސް

ދިވެހިސިފައިންނަކީ ޤައުމާއި ރައްޔިތުންގެ ޙައްޤުގައި ފަޚުރުވެރި ޚިދުމަތުގައި ދެމި ތިބޭބައެއް: ރައީސް
ދިވެހިސިފައިންނަކީ ޤައުމާއި ރައްޔިތުންގެ ޙައްޤުގައި ފަޚުރުވެރި ޚިދުމަތުގަައި ދެމި ތިބޭބައެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ ދިވެހި ސިފައިންގެ ދުވަހުގެ މުނާބަތުގައި މިއަދު ކުރެއްވި ޓްވީޓެއްގައެވެ. https://twitter.com/ibusolih/status/1649304909060382721   ކޮންމެ އަހަރެއްގެ އޭޕްރީލް މަހުގެ 21 ވަނަ ދުވަހު ފާހަގަކުރާ ސިފައިންގެ ދުވަސް މިއަހަރުވެސް ކުލަގަދަކޮށް ފާހަގަކުރުމަށް ތަފާތު ހަރަކާތްތައް ހިންގުމަށް ވަނީ ހަމަޖެހިފައިކަމަށް އެމްއެންޑީއެފުން ވަނީ ވިދާޅުވެފައެވެ.

މިގޮތުން މިއަހަރު ފާހަގަކުރާ 131 ވަނަ ސިފައިންގެ ދުވަހުގެ ހަރަކާތްތައް ފެށިފައިވަނީ މިއަދު ހެނދުނު  0600 ގައި އޮތް ދިދަ ނެގުމުގެ ޚާއްޞަ ރަސްމިއްޔާތުންކަމަށާއި އަދި މިއަދު ހަވީރު 1600 އިން ފެށިގެން މާލޭގެ ބޮޑެތި މަގުތަކުގައި ޝަރަފްގެ ހިނގާލުން އޮންނާނެކަމަށް އެމްއެންޑީއެފުން ވިދާޅުވެއެވެ.

އެމްއެންޑީއެފުން ވިދާޅުވީ، މިހިނގާލުމުގައި ބައެއް ތަންތަނުގައި މަޑުކޮށް މިލިޓަރީ ބޭންޑުގެ ހުށަހެޅުންތައް އޮންނާނެކަމަށެވެ. މީގެ އިތުރުން ދުވަހުގެ މުނާސަބަތުގައި ބާއްވާ ޚާއްޞަ ޑިސްޕްލޭއެއް އޭޕްރީލް 21 ވަނަ ދުވަހުގެ ރޭ 2000 އިން ފެށިގެން ޖުމްހޫރީ މައިދާނުގައި ބޭއްވުމަށްވަނީ ހަމަޖެހިފައިކަމަށާއި ޢާންމުންނަށް ހުޅުވާލައިގެންވާ ބާއްވާ މި ޑިސްޕްލޭގައި އެމްއެންޑީއެފްގެ މިލިޓަރީ ބޭންޑްގެ ހުށަހެޅުންތަކާއެކު ހަވާއެރުވުމަށްވެސްވަނީ ހަމަޖެހިފައި ކަމަށް އެމްއެންޑީއެފުން ވިދާޅުވެއެވެ.

ހަވާ އެރުވުމުގެ ހަރަކާތްފެށިގެންދާނީ އެރޭގެ 2020 ހާއިރު ކަމަށްވެސް އެއިދާރާއިން ވަނީ ވިދާޅުވެފައެވެ.

Advertisement
Allied — Dhen Online (box)

މިޙަރަކާތްތަކުގެ އިތުރުން ސިފައިންނާއި ސިފައިންގެ ޢާއިލާތައް އަދި ޢާންމުންނަށް ބައިވެރިވޭގޮތަށް ތަފާތު ހަރަކާތްތައް ކުރިއަށް އޮތްދުވަސްތަކުގައި ބޭއްވުމަށްވެސް ވަނީ ރޭވިފައެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް