ލައިފްސްޓައިލް

50،000 ރުފިޔާ މަހަކު ލިބޭ 50 އަހަރުގެ މީހަކު ބަރުދަން ލުއިކޮށް ބެހެއްޓުމަށް ލޯބި ކުރާ އަންހެނަކު ހޯދަނީ

ޢާލިމް އަބްދުއްލަތީފް ، ދެން އޮންލައިން

މީސްމީޑިއާގައި އިއުލާން ކޮށްގެން ކައިވެނި ކުރާނެ މީހުން ހޯދުމަކީ މިއަދު އާންމު ކަމެކެވެ. ކައިވެނި ކުރާނެ މީހަކު ހޯދުމަކީ މިއަދު އުނދަގޫ ކަމެއް ނޫނެވެ. އެގޮތުން ކަައިވެނި ކުރާނެ މީހަކު ހޯދައިދިނުމަށް އެހީތެރިވެދޭ އެކި ކަހަލަ ޕޭޖްތައް މީސްމީޑިއާގެ އެކި މަންސަތަކުން ފެނެއެވެ.

Ads by Hajj Corporation

ކައިވެނި ކޮށްދޭނެ މީހަކު ހޯދައިދިނުމުގައި އެހީތެރިވެދޭ ޕޭޖެއް ކަމަށްވާ، "ކައިވެނި ޕޭޖް" އިން ކޮށްފައިވާ ޕޯސްޓެއް މިއަދު ލޮލުގައި އަޅައިގެންފިއެވެ. ސަބަބަކީ މި ޕޯސްޓުގައި މި ފިރިހެން މީހާ އިންނަން ބޭނުންވާ އަންހެން މީހާގެ ޝަރުތުތައް ވަރަށް ތަފާތު ވީމައެވެ.

އުމުރުން 50 އަހަރުގެ ކ.މާލެއަށް ނިސްބަތްވާ ފިރިހެނެކެވެ. އާމްދަނީގެ ގޮތުގައި މަހެއްގެ މައްޗަށް 50،000 ރުފިޔާ ލިބޭ ކަމަށް ބުނެފައިވެއެވެ. ހަމަ އެހެންމެ އޭނާ އަކީ ކުރިން މީހަކާ އިނދެ ދެ ދަރިން ވެސް ހުރި މީހެކެވެ. އެހެން ނަމަވެސް މިހާރު ހުންނަނީ ވަރިކޮށްފައެވެ. އަދި އޭނާ އަކީ ކެރިއަރެއް ނޫންކަންވެސް ޕޯސްޓުގައި ފާހަގަ ކޮށްފައިވެއެވެ،

ހައިރާންވީ އޭނާގެ ވަނަވަރު ފެނިފައެއް ނޫނެވެ. ހައިރާންވީ އޭނާ އިންނަން ބޭނުންވާ މީހުންގެ ޝަރުތުތައް ފެނިފައެވެ. 50 އަހަރުގެ މިމީހާ އިންނަ ބޭނުންވަނީ 18 އަހަރާއި 40 އަަހަރާއި ދެމެދުގެ މީހަކާއެވެ. މައްސަލައެއް ނެތެވެ. ދެން އޮތީ ކޮން ޝަރުތެއް ކަން އެނގޭ ހެއްޔެވެ؟ އޭނާ އިންނަން ބޭނުންވަނީ 59 ކިލޯއަށްވުރެ ބަރު ނޫން މީހަކާއެވެ. އެހެންކަމުން 59 ކިލޯއަށްވުރެ ބަރުވެއްޖެ ނަމަ މިކަމެއް ވާކަށް ނެތެވެ.

ހަމަ އެހެންމެ ކަސްރަތު ކުރުމަށް ލޯބިކުރާ ބަރުދަން ލުއިކޮށް ބެހެއްޓުމަށް ލޯބިކުރާ މީހަކަށް ވެސް ވާންވާނެ ކަމަށް ބުނެފައިވެއެވެ. ހަމައެހެންމެ ދީނަށް ލޯބިކުރާ މީހެއް ކަމުގައިވެސް ވާންޖެހޭނެއެވެ.

  1. އިންސާފު

    ދީނަށް ލޯބިކުރާ މީހަކަށް ވާންޖެހޭތީ ވ.ފައްކާ. ބާއްޖަވެރި ޙަޔާތަކަށް އެދެން.

  2. ޝަރުތުތައް ވަރަށް ރަނގަޅު. ބާއްޖަވެރި ހަޔާތަކަށް އެދެން.