ޚަބަރު

"ވެންޓިލޭޓަރ ވަގުން" ގެ މައްޗަށް ދައުވާ ނުކުރާތީ ހާމަވަނީ މިއީ އިދިކޮޅަށް އަމާޒުކޮށް ދެމުން އަންނަ ހަމަލާތަކެއްކަން: އަދުރޭ

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ކޮންމެ ދައުވާއެއް ކުރިޔަސް، އެކަމަށް ކުރިމަތިލާން ތައްޔާރަށް ހުންނެވި ކަމަށް އިދިކޮޅު ޕީއެންސީގެ ރައީސް ޢަބްދުއްރަހީމް ޢަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

އަދުރޭ މިހެން ވިދާޅުވެފައި މިވަނީ، ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ މައްޗަށް ހުކުމް ކުރަން އޮތް ދުވަހު ކްރިމިނަލް ކޯޓު ސަރަހައްދުގައި ހުންނަވާ، ހަޑިހުތުރު ބަހުން ވާހަކަ ދެއްކެވި މައްސަލައަކާ ގުޅިގެން މިއަދު އޭނާގެ މައްޗަށް ދައުވާކޮށް، އެމައްސަލަ ކްރިމިނަލް ކޯޓަށް ހުށަހެޅުމާއި ގުޅިގެންނެވެ.

އޮންލައިން ނޫސް "ސީއެންއެމް" އަށް މައުލޫމާތު ދެއްވަމުން އަދުރޭ ވިދާޅުވީ އިދިކޮޅު ފަރާތްތަކަށް ދައުވާ ކުރަމުން އަންނައިރު  "ވެންޓިލޭޓަރު ވަގުން" ގެ މައްޗަށް ދައުވާކުރަން ނުފޮނުވުމުން ހާމަވަނީ މިކަމަކީ އިދިކޮޅަށް އަމާޒުކޮށް ދެމުން އަންނަ ހަމަލާތަކެއް ކަމަށެވެ.

"އިދިކޮޅުން ކިތަންމެ ކުޑަ ކަމެއް ކުރިޔަސް ޕީޖީ އޮފީހުން ފޮނުވަނީ ދައުވާކުރަން، މިކަމަކީ ސަރުކާރު ބަލިކަށިވާ ކަމުގެ ހެއްކެއް. މި ސަރުކާރު ވަރަށް ބޮޑަށް ބަލިކަށިވަމުން ގޮތް ހުސްވަމުން މި ސަރުކާރުން ކުރާ ވައްކަމުގެ ވާހަކަ ރައްޔިތުން ދައްކަމުން ގެންދާތީ އިދިކޮޅުގެ އަޑު ކަނޑުވާލުމަށް ކުރަމުންދާ ކަމެއް މިއީ" އަދުރޭ ވިދާޅުވެފައިވެއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!