ޚަބަރު

ނައިފަރު ދާއިރާގެ މެންބަރު ޝިޔާމަށް ސްޓްރޯކެއް ޖެހި ހޮސްޕިޓަލުގައި ފަރުވާދެނީ

ޢާއިޝަތު ނުޒުހާ ، ދެން އޮންލައިން

ނައިފަރު ދާއިރާގެ މަޖިލިސް މެންބަރު އަދި އިދިކޮޅު ޕީޕީއެމްގެ ނައިބު ރައީސް އަހުމަދު ޝިޔާމްގެ ހާލުކޮޅު ދެރަވެ ހޮސްޕިޓަލުގައި ފަރުވާ ދޭން ފަށައިފިއެވެ. ޝިޔާމް ހާލު ދެރަވީ ރައްޔިތުންގެ މަޖިލިސްގައި އިންނަވަނި ކޮށެވެ.

Ads by MWSC

ބައެއް މަޖިލިސް މެންބަރުންނާ ހަވާލާދީ އޮންލައިން ނޫސްތަކުގައި ބުނެފައިވާ ގޮތުގައި ޝިޔާމްއަށް ޖެހިފައިވަނީ ސްޓްރޯކެއް ކަމަށް ބެލެވޭ ކަމަށެވެ.

ޝިޔާމަށް ފަރުވާ ދެމުން އަންނަނީ އޭޑީކޭ ހޮސްޕިޓަލުގައެވެ.

ޕީޕީއެމްގެ މީޑިއާ އޮފިޝަލު ވިދާޅުވީ ޝިޔާމްގެ ހާލުކޮޅު ދެރަވެ އޭޑީކޭގައި ފަރުވާ ދެމުން އަންނަ ކަމަށާއި މިހާރު އަންނަނީ އިތުރު ޓެސްޓުތައް ހަދަމުން ކަމަށެވެ.

 

  1. ދަރުމަވެރިޔާ

    ޔާ الله ބަލިވެ އުޅޭ އެންމެންނަށާއި އަދި ޝިޔާމަށްވެސް އަވަސް ޝިފާ ދެއްވާންދޭވެއެވެ. އާމީން