ޚަބަރު

ބ.އަތޮޅު ރީޖަނަލް ކޮވިޑް ސެންޓަރުގައި 6 މީހަކަށް މިވަގުތު ފަރުވާ ދެމުން އެބަދޭ، އެކަކުގެ ހާލު ސީރިއަސް

ރައުފާ ރަޝީދު ، ދެން އޮންލައިން

ބ.އަތޮޅު ރީޖަނަލް ކޮވިޑް ސެންޓަރުގައި 6 މީހަކަށް މިވަގުތު ފަރުވާ ދެމުން އަންނަ ކަމަށާއި، އޭގެ ތެރެއިން އެކެއްގެ ހާލު ދެރަ ކަމަށް އެ އަތޮޅު ހޮސްޕިޓަލުން ހާމަކޮށްފިއެވެ.

Ads by Hajj Corporation

"ވަގުތު"  ނޫހަށް މައުލޫމާތު ދެއްވަމުން ބ.އަތޮޅު ހޮސްޕިޓަލުގެ މެނޭޖަރު މުހައްމަދު ރަޝީދު ވިދާޅުވީ، މިހާރު އެއަތޮޅުގެ ކޮވިޑް ފެސިލިޓީގައި ފަރުވާ ދެމުން އަންނަނީ ޖުމްލަ ހަ ބަލިމީހަކަށް ކަމަށާއި، އޭގެ ތެރެއިން ހާލު ދެރައީ އެކެއްގެ ކަމަށެވެއަދި ފަރުވާ ދެމުން ދާ ބަލި މީހުންގެ ތެރޭގައި 65 އަހަރުން މީހެއް ހިމެނޭ ކަމަށާ، އޭނާގެ ހާލު ރަނގަޅު ކަމަށް ރަޝީދު ވިދާޅުވިއެވެ.

ހާލު  ދެރަ މީހާގެ އޮކްސިޖަން އެއް ލެވެލްއެއްގައި ހިފެހެއްޓެމުން އަންނަ ކަމަށް ވެސް ރަޝީދު ވަނީ ބުނެފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!