ޚަބަރު

ކޮވިޑް-19: އަލްޙަމްދުލިﷲ،ކުޑަކުދިންގެ ހިޔާއިން ފައްސިވީ ކުދިން ބަލިން ރަނގަޅު ވެއްޖެ

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ވިލިމާލޭ ކުޑަކުދިންގެ ހިޔާއިން ކޮވިޑް-19 އަށް ފައްސިވީ ކުދިން ބަލިން ރަނގަޅު ވެއްޖެއެވެ.

Ads by STELCO

ޖެންޑާ މިނިސްޓްރީން ބުނެފައި ވަނީ ކުޑަކުދިންގެ ހިޔާއިން ފައްސިވީ ކުދިން އެބަލިން މިހާރު ރަނގަޅު ވެފައި ވުމުން، މިހާރު އެތަން މޮނީޓަރިންގެ ހާލަތުން ނަގާފައިވާ ކަމަށެވެ.

ކުޑަކުދިންގެ ހިޔާއިން ކުޑަ ދެ ކުއްޖަކު ބައްޔަށް ފައްސި ވެފައިވާކަން ހާމަ ކޮށްފައިވަނީ މިމަހުގެ 10 ވަނަ ދުވަހުގައެވެ.

ކުޑަކުދިންގެ ހިޔާއަކީ ގިނަ އަދަދެއްގެ ކުދިން އެކުގައި ދިރިއުޅޭ ތަނަކަށްވާތީ ކުދިންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އެޗް.ޕީ.އޭ އަދި އެޗްއީއޯސީން ދެއްވާފައިވާ އިރުޝާދާއި އެއްގޮތަށް ތަނުގެ އިންތިޒާމްތައް މިނިސްޓްރީން ވަނީ ހަމަޖައްސާފައެވެ.

ކުޑަކުދިންގެ ހިޔާއިން ކުދިންތަކެއް ކޮވިޑް-19 އަށް ފައްސި ވެފައިވާއިރު، ދައުލަތުން ބަލަހައްޓަމުންދާ ކުޑަކުދިން ހުޅުމާލޭގައި ބައިތިއްބާފައި ހުންނަ ފިޔަވަތިން ވެސް ވަނީ ކޮވިޑަށް ފައްސި ކޭސްތަކެއް ފެނިފައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!