ޚަބަރު

މިޔުޒިކާއެކު މަޖާކޮށްލެވޭނެ މަރުކަޒެއް ގާއިމްކުރުމަށް ގޮވާލާ މަޖިލީހަށް ގަރާރެއް

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ފަސޭހަކަމާއެކު މިޔުޒިކް އަޑުއަހާލައި ހާސްކަމެއް ނެތި މަޖާކޮށްލައިއެއްވެ ތިބެވޭނެ ފަދަ މަރުކަޒެއް ޒުވާނުންނަށް ގާއިމުކޮށްދިނުމަށް ގޮވާލައި ރައްޔިތުންގެ މަޖިލީހަށް ގަރާރެއް ހުށަހަޅައިފި އެވެ.

Ads by STELCO

މިގަރާރު ހުށަހެޅުއްވީ ހެންވޭރު ހުޅަނގު ދާއިރާގެ އެމްޑީޕީ މެމްބަރު ހަސަން ލަތީފެވެ.

ހަސަން ލަތީފު ހުށަހެޅުއްވި ގަރާރުގައި ބުނެފައިވަނީ މާލެއަށް ދިމާވެފައިވާ ހުރިހާ މައްސަލަތަކަށް ސަރުކާރުން ހައްލު ހޯދަމުންދާއިރު ވެސް، އެފަދަ މަރުކަޒެއް ގާއިމު ކޮށްދިނުމަށާއި އެ މަރުކަޒަކީ ޒުވާނުންނަށް މިޔުޒިކްގެ ފަންނު އިތުރަށް ތަރައްގީކުރުމުގެ ވަސީލަތަކަށް ހެދުމަށް ސަރުކާރުން ކުރެވެން ހުރި ކަންކަން ކޮށްދިނުމަށް ގޮވާލާ ހުށަހަޅާ ގަރާރެއް ކަމަށެވެ.

މާލޭގެ ތޮއްޖެހުމާއި ބޯހިޔާވަހިކަމުގެ ދަތިކަމާއި މަގުތަކުގެ ކާރުބާރު ބޮޑުކަމާއި ވަޒީފާގެ ފުރުސަތުތައް ނެތްކަން ވެސް ފާހަގަ ކުރައްވަމުން ހަސަން ލަތީފު ހުށަހަޅުއްވާ ގަރާރުގައި ބުނެފައި ވަނީ، ސަރުކާރުން އެކަންކަމަށް ހައްލު ހޯދަމުންދާއިރު ވެސް، ހާސްކަމުގެ ތެރޭގައި މާލޭގައި އުޅެން ޖެހިފައިވާ ޒުވާނުންނަށް އެ ހާސްކަމުން މިންޖު ކުރެވޭނެ މަރުކަޒެއް ބޭނުންވެފައިވާކަން ގަރާރުގައި ބުނެފައިވެއެވެ.

  1. މުހައްމަދު

    އެފަދަ ކަންތަކަށް ވަގުތު ދޭ ބަޔަކު ކަމުގައި ނުލައްވާށި!

  2. ސަރޫ

    ބިރެއްވެސް ނުގަންނަ ބައެއް

  3. މޯޑް

    މިސްކިތައްނާރާ ނަމާދެއް ނުކޮށް އަދި ނުވިތާކަށް މާތް ﷲ ނަހީ ކުރައްވާފާއވާކަމެއް ކޮށްގެން ލިބޭނެ ހިންހަމަޖެހުމެއް އޮންނާނެބާ؟
    ޔާﷲ އެބައި މީހުނަށް ހެޔޮގޮތް ދައްކަވާށި، آمين