ބޭރު ދުނިޔެ

ރަސޫލާ (ޞޢޥ) ގެ ދިފާޢުގައި ދުނިޔޭގެ ގިނަ މުސްލިމުން ފްރާންސްގެ އުފެއްދުންތައް ބޯއިކޮޓް ކޮށްފި

މުސްލިމުންނާއި އިސްލާމްދީނާ ދެކޮޅަށް ފްރާންސްގެ ރައީސް އެމަނުއެލް މެކްރޯން މީގެ ދުވަސްކޮޅެއް ކުރިން ވަނީ ބޭއަދަބީ އަދި އެހާމެ ލާދީނީ ވާހަކަތަކެއް ދައްކާފައެވެ.

މެކްރޯން ގެ ވާހަކައިގައި އަޅުގަނޑުމެންގެ ލޮބުވެތި ނަބިއްޔާ (ޞޢޥ) އަށް ވެސް ވަނީ ޖޯކު ޖަހާ، ހަގީގަތާއި ޚިލާފު އެތައް ވާހަކަތަކެއް ދައްކާފައެވެ.

ފްރާންސްގެ ރައީސް ގެ މިވާހަކަތަކުގެ ސަބަބުން ބައެއް މީހުން ވަނީ އަނެއްކާ ވެސް މުސްލިމުންނަށް ދުއްތުރާތައް ކުރަން ފަށާފައެވެ. އެގޮތުން ޕެރިހުގެ އައިފެލް ޓަވަރު ތިރީގައި ބަޔަކު ވަނީ މުސްލިމު ދެ އަންހެނުންނަށް ތޫނު އެއްޗަކުން ހަމަލާދީ ގަތުލު ކޮށްލާފައެވެ. އަދި ފްރާންސްގެ 74 މިސްކިތެއް ވެސް ވަނީ ބަންދު ކޮށްފައެވެ.

މީގެއިތުރުން ފްރާންސްގެ މެގަޒިނެއް ކަމުގައިވާ "ޗާލޯ ހެބްޑޯ" އިން ވަނީ އަޅުގަނޑުމެންގެ ރަސޫލާ (ޞޢޥ) އަށް ފުރައްސާރަކޮށް ކާޓޫނު ކުރަހާ، އެކާޓޫނު މެގަޒިންގެ ކަވަރ ޕޭޖަށް ލާފައެވެ.

ފްރާންސުން މިފަދައިން ޢަމަލު ކުރުމުން، ދުނިޔޭގެ އެކި ޤައުމުތަކުގެ އެތައް މުސްލިމުންނެއް ވަނީ އެޤައުމުގެ އުފެއްދުންތައް ބޯއިކޮޓް ކުރަމުންނެވެ. އަދި މީސްމީޑިއާ ގައި ވެސް އެތައް ބަޔަކު އަންނަނީ އެ އުފެއްދުންތައް ބޯއިކޮޓް ކުރުމަށް ގޮވާލަމުންނެވެ.

ފްރާންސްގެ އުފެއްދުންތައް ބޯއިކޮޓް ކުރަން ފެށުމުން، އެޤައުމުގެ އިޤްތިސާދަށް މިހާރުވެސް ހީނަރުކަމެއް އަންނަން ފަށައިފިކަމުގެ ފެހި ސިގްނަލް ވަނީ ފެނިފައެވެ. ބީބީސީން ބުނި ގޮތުގައި، ފްރާންސުން ވަނީ އެޤައުމުގެ އުފެއްދުންތައް ބޯއިކޮޓް ނުކުރުމަށް ގޮވާލާފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!