ރެސިޕީ

ދެން ރެސިޕީ | ވަޅޯމަސް ކޮއްތު ރޮށި

ދެން އެމްވީ ، ދެން އޮންލައިން

ކޮއްތު ރޮށްޓަކީ އެންމެންނަށް ވެސް އެނގޭ ފަދައިން ސްރީލަންކާގެ މަޝްހޫރު ކެއުމެކެވެ. ނަމަވެސް ފަހަކަށް އައިސް އަހަރުމެން ދިވެހިންނަށް ވަނީ އެއަށް ވަޅޯމަސް އަޅައިގެން ކެއުން ދިވެހި ކޮށްލައިފައެވެ.

Ads by Sosun Fihaara

މި ރެސިޕީއިން ތައްޔާރު ކުރެވޭނީ: 4-6 މީހުންނަށް ވާ ވަރަށެވެ.

ބޭނުންވާ ތަކެތި:

5 ޗަޕާތީ (އަހަރުމެން ބޭނުން ކުރީ ކަވަން ބްރޭންޑްގެ ޗަޕާތީއެވެ)

2 ފިޔާ

2 ޖޯޑު ކެބެޖް (ކޮށާފައި)

1 ކެރެޓު

2 ހިކި މިރުސް

4 ލޮނުމެދު

1 އިންޗީގެ އިނގުރު

4 ހިކަނދިފަތް

2 ކާފޫރު ތޮޅި

1 މޭޒުމަތީ ސަމުސާ ކުކުޅު ހަވާދު

½ 1 މޭޒުމަތީ ސަމުސާ ޓޮމާޓޯ ޕޭސްޓް

½ ސައިސަމުސާ ދިރި ޕައުޑަރ

1 މޭޒުމަތީ ސަމުސާ ތެޅި މިރުސް

2 މޭޒުމަތީ ސަމުސާ ޑާކް ސޯޔާ ސޯސް

1 ޖޯޑު ކޮށާފައިހުރި ވަޅޯމަސް

1 ޓޮމާޓޯ (ބޮޑު)

2 ބިސް

1 މޭޒުމަތީ ސަމުސާ ތެޔޮ

ހަދާނެގޮތް:

1. ޗަޕާތީތައް ފިހެލާށެވެ.

2. ވަޅިއަކުން، ޗަޕާތީތައް ކޮށާލާށެވެ. ކޮށާނީ ކޮންމެ އެތިކޮޅެއްގައި ½ އިންޗީގެ ފުޅާމިން ހުންނާނެ ގޮތަށެވެ.

3. ފިޔާކޮޅު ތުނިކޮށް ކޮށާލާށެވެ. އަދި ކެރެޓުތައް ގާތްގަނޑަކަށް ދިގުމިނުގައި 2 އިންޗި އަދި ބޯމިނުގައި ސެންޓިމީޓަރެއް ހުންނާނެ ގޮތަށް ކޮށާށެވެ.

4. ޓޮމާޓޯއާއި ލޮނުމެދާއި އިނގުރުކޮޅު ކުޑަކޮށް ފޮތިފޮތި ކޮށްލުމަށްފަހު އެތަކެއްޗާއި، ހިކި މިރުސް، ހިކަނދިފަތް، ކާފޫރުތޮޅީގެ އޮށް އަދި ކޮށި ފިޔައިގެ ހަތަރުބައިކުޅަ އެއްބައި މިކްސަރަށް އަޅައި އެތަކެތިން ޕޭސްޓް ގަނޑެއް ހަދާށެވެ.

5. ތެޔޮ ކޮޅު ބޮޑު ތެއްޔަކަށް އެޅުމަށް ފަހު އެ ރަނގަޅަށް ހޫނުވުމުން އޭގެ ތެރެއަށް ޕޭސްޓްގަނޑު އަޅައި މަޑު ގިނީގައި މިނެޓެއްހާއިރު ކައްކާލާށެވެ.

6. ދެން ތެއްޔައް ސޯޔާ ސޯސް، ޓޮމާޓޯ ޕޭސްޓް، ދިރި، ތެޅި މިރުސް، އަދި ހަވާދުކޮޅު އަޅައި ރަނގަޅަށް އެއްކޮށްލާށެވެ. ރަހަ ބަލައިލާފައި ލޮނާއި ކުޅި މިން ހެޔޮވަރު ކޮށްލާށެވެ.

7. ފިޔާކޮޅު ތެއްޔަށް އަޅާލާފައި އެ މަޑުވާންދެން ކައްކާށެވެ.

8. ދެން ކުޑަކޮށް އުނދުނުގެ ގިނި ގަދަ ކޮށްލާފައި ކެރެޓާއި ވަޅޯމަހާއި ޗަޕާތީތައް އަޅައި ކެރެޓުކޮޅު ކުޑަކޮށް މަޑުވެލަންދެން ކައްކާށެވެ. ދޭތެރެ ދޭތެރެއިން ހަލާލަން ވާނެއެވެ.

9. ކެބެޖުކޮޅު އަޅާލައި ރަނގަޅަށް އެއްކޮށްލާށެވެ.

10. ތެލީގެ ތެރޭގައި ހުރި ތަކެތި އެއްކައިރިއަކަށް ޖައްސާލުމަށްފަހު ހުސްކުރި ތަންކޮޅަށް ބިސްކޮޅު އަޅާލާށެވެ. ބިސްކޮޅު ކެކެން ފެށުމުން ތެލީގައި ހުރ އެހެން ތަކެއްޗާއި ބިސްކޮޅު އެއްކޮށްލާށެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!