މުނިފޫހިފިލުވުން

މި ސެލްފީގައި އާދަޔާ ޚިލާފުކަމެއް ފާހަގަވޭތަ؟

މުޙައްމަދު ޝިފާއު ، ދެން އޮންލައިން

ސެލްފީ ނުވަތަ ނަފްސީ ފޮޓޯ ނެގުމަކީ ގިނަ ބައެއްގެ އާދައެކެވެ. ފޯނުގެ ފޮޓޯތަކުގެ 3 ބައިކުޅަ 2 ބައިގައި ގިނަވާނީ އަމިއްލަ ނަފުސީ ނުވަތަ ސެލްފީކަން ގައިމެވެ.

Ads by MWSC

މަތިން ފެންނަން ހުރި ފޮޓޯގަނޑަކީ ވެސް ހަމަ އެގޮތަށް ދެލޯބިވެރިން ނަގާފައިވާ "ސެލްފީ" އެކެވެ. އެހެން ނަމަވެސް މި ސެލްފީއަކީ އާދައިގެ ސެލްފީއެއް ނޫނެވެ. ސަބަބު ފޮޓޯ ބަލާލުމުން ވެސް އެހުރީ ފެންނާށެވެ.

ބަލާ ބެލުމަށް އެ ފޮޓޯގަނޑު ހަމަ އާދައިގެ ފޮޓޯގަނޑެއް ފަދައެވެ. އެހެން ނަމަވެސް ރަނގަޅަށް ބަލާލާށެވެ. ދެމީހުންވެސް ފޮޓޯނަގާފައި އެވަނީ ލޯގަނޑެއް ކުރިމަތީގައެވެ. ލޯގަނޑަށް ފުރަގަސް ދީގެންނެވެ. އެހެން ނަމަވެސް އެ އަންހެން މީހާގެ މޫނު އެވަނީ އެނބުރިފައެވެ. ހަމަ ގައިމުވެސް އެ އަންހެން މީހާގެ ބޮލުގެ ފުރަގަހުގައި މޫނެއް ނީންނާނެކަން ގައިމެވެ. އެހެން ނަމަވެސް އެ ފޮޓޯއަށް އަރާފައި އެވަނީ އެ އަންހެން މީހާގެ މޫނެވެ.

މި ފޮޓޯ ނެގުމަށްފަހު ސޯޝަލްމީޑިއާގައި އާންމުކުރި ހިސާބުން ގިނަބައެއްގެ ސަމާލުކަން ވަނީ އެފޮޓޯގަނޑަށް ލިބިފައެވެ. އެއްބަޔަކު އެ ފޮޓޯގަނޑަކީ އެޑިޓް ކޮށްފައިވާ ފޮޓޯގަނޑެކޭ ބުނަމުން ގެންދާއިރުގައި އަނެއް ބަޔަކު އަންނަނީ އެއީ ހަމަ ހަގީގަތުގައި ވެސް ދިމާވެދާނެ ކަމެއް ކަމުގައި ބުނަމުންނެވެ.

Ads by Ooredoo
  1. ހުސައިން

    ވެދާނެ ކަމެއް ތިއީ

  2. ހަމަ އާދަ

    ތިޔައީ ފިލްޓަރ އެއް، ސްކޭން ވަމުން ދާ ވަރަކަށް ފްރީޒް ވާ ފިލްޓަރ އެއް. އަދިވެސް މީހުން މޮޔަ ހެދޭތީވެ ދެރައީ

  3. މުުނދްވ×

    ކީވެބާއަންހެންކުއްޖާ ގެމޫނުފެނިފާފިރިހެންކުއްޖާގެމޫނުނުފެންނަނީ

  4. މޮޔަސޮރާ

    ފެންނަނީ ލޯގަޑެއްނޫން، ކުރިންނަގާފ ހުރ ފޮޓޯއެއް ފްރޭމް އެއްގަ. މީޑިއީގ ފެންވަރު މީ