ބޮލީވުޑް މުނިފޫހިފިލުވުން

ކުޅެންހުރެފައި ވެސް އަނުޝްކާގެ ހާލުބަލަން ވިރާތު ހަނދާނެއް ނުނެތޭ!

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ބޮލީވުޑްގެ އެކްޓްރެސް އަނުޝްކާ ޝަރްމާ އާއި އޭނަގެ ފިރިމީހާ ވިރާތު ކޯލީ އަކީ ގިނަ ބަޔަކަށް ވަރަށް ކަމުދާ ޖޯޑެކެވެ.

Ads by STELCO

އިންޑިއާގެ ޤައުމީ ކްރިކެޓް ޓީމުގެ ކެޕްޓަން ވިރާތު، 2017 ވަނަ އަހަރު އަނުޝްކާ އާއި ކައިވެނި ކުރީއްސުރެ ފާހަގަ ވެފައިވަނީ، އަނބިމީހާދެކެ ލޯބިވާކަން ފާޅުގައި ވެސް ބުނަމުން އަދި ޢަމަލުތަކުން ވެސް އެކަން ދައްކަމުން އަންނަ މީހެއްގެ ގޮތުގައެވެ.

ދެމަފިރިން އެކުގައި ހަފްލާއަކަށް ދިޔަޔަސް ނުވަތަ އާދައިގެ ކެއުމަކަށް ދިޔަޔަސް، ވިރާތު ވަރަށް ޚާއްސަ އަޙައްމިއްޔަތު ކަމެއް އަނުޝްކާ އަށް ދެއެވެ. ވިރާތުގެ ފަރާތުން އަބަދު ވެސް ފެންނަނީ އޭނަގެ އަނބިމީހާއަށް އަޅާލުމާއި އޯގާތެރިކަން ދޭ މަންޒަރެވެ.

އެފަދަ މަންޒަރެއް ދާދި ފަހުން ވެސް މިވަނީ ފެނިފައެވެ.

މިހާރު ކުޅެމުންދާ އައިޕީއެލް މުބާރާތުގައި، އޭނަގެ ޓީމު އާރްސީބީ ގެ ފަރާތުން ވަނީ ވިރާތުގެ ވަރަށް ރީތި ވީޑިއޯއެއް އާއްމު ކޮށްފައެވެ. އެވީޑިއޯއިން ފެންނަނީ ބްރޭކް ގަޑީގައި ވިރާތު އޭނަގެ އަންހެނުން އަނުޝްކާ އަށް ފޯނުކޮށްފައި، ކައިގެންތޯ ހުރީ އަހާ މަންޒަރެވެ.

މިވީޑިއޯ ވައިރަލް ވުމާއެކު އެތައް ބައެއްގެ ތައުރީފު ވަނީ ވިރާތުއަށް ލިބިފައެވެ.

މީގެ ދުވަސްތަކެއް ކުރިން ވިރާތު އާއި އަނުޝްކާ ވަނީ، އެދެމީހުންނަށް ދަރިއަކު ލިބެން އުޅޭކަމުގެ އުފާވެރި ޚަބަރު ހިއްސާ ކޮށްފައެވެ.

އައިޕީއެލް ކުރިއަށްދާތީ، މިވަގުތު ވިރާތު އާއި އަނުޝްކާ ތިބީ ޔޫއޭއީ ގައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!