ލައިފްސްޓައިލް

ބަރުދަން ލުއި ކުރަން ބޭނުންނަމަ ދުވަސް ފަށަންވީ ހޫނު ފެން ތަށްޓަކާއި ދޮންކެޔޮ ވަކަކުން!

ޢާލިމް އަބްދުއްލަތީފް ، ދެން އޮންލައިން

ބައެއް މީހުންނަކީ ދިރިއުޅުމުގެ ކަންތައްތައް ހުންނަ ގޮތުން ހެނދުނުގެ ސަޔާއި ނުލާ ދުވަސް ފަށާ މީހުންނެވެ. ގިނަ މީހުން މާ ބިޒީއެވެ. ހެނދުނުގެ ނާސްތާ މަތިން ވެސް ބައެއް ފަހަރަށް ހަނދާން ނެތި ބައެއް ފަހަރަށް ސައި ބުއިމަށް ވަގުތު ވެސް ނުވަނީއެވެ.

Ads by MWSC

އަނެއްބައި މީހުންނަކީ ހެނދުނު ގަޑީގައި އެއްޗެއް ނުކެވޭ މީހުންނެވެ. ކާހިތް ނުވާ މީހުންނެވެ. އެއްޗެއް ކައިފިނަމަ މޭ ނުބައިކޮށް ކަންތައްތައް ވާ މީހުންނެވެ. ތިބާއަކީ މި ކެޓަގަރީގެ މީހެއް ހެއްޔެވެ؟ އެހެންވިއްޔާ، ދުވަސް ފެށުމުގެ ގޮތުން ހޫނުފެން ތަށްޓަކާއި ދޮންކެޔޮ ވަކެއް ބޭނުން ކުރާށެވެ. ތިބާ އަކީ ހެނދުނުގެ ނާސްތާ ބަރާބަރަށް ނަގާ މީހެއް ނަމަވެސް އެކަން އެގޮތަށް ކުރެވިދާނެއެވެ. މީގެ ސަބަބުން ސިއްހީ އެތައް ފައިދާތަކެއް ވެސް ވެގެން ދާނެއެވެ.

ހެނދުނުގެ ނާސްތާއަކީ އިންސާނާގެ ސިއްހަތު ރަނގަޅަށް ބެހެއްޓުމުގެ ގޮތުން ކޮންމެ ދުވަހަކުވެސް ވަރަށް މުހިއްމު ކަމެކެވެ. އެހެން ނަމަވެސް ގިނަ ފަހަރަށް އަޅުގަނޑުމެން ކޮފީއެއް ނުވަތަ ސައިތައްޓެއް ބޯލުމަަށްފަހު ނިންމާލަނީއެވެ. ދުވަސް ފެށުމަށްޓަކައި އެންމެ ފުރަތަމަ ކާ ކާނާއަކީ ހަށިގަނޑަށް ފައިދާ ކުރުވަނިވި ކާނާއަކަށް ވާންޖެހެއެވެ. ދުވަހުގެ މަސައްކަތްތައް ވެސް ރަނގަޅަށް ކުރެވޭނީ އޭރުންނެވެ. އެހެން ނޫންނަމަ ސިއްހީ އެތައް މައްސަލަތަކަކާއި ތިބާއަށް ކުރިމަތިލާން ޖެހިދާނެއެވެ.

މިހާރު ތިޔަ ހިތަށް އަރަނީ ދޮންކެޔޮ ވަކަކާއި ހޫނު ފެން ތަށްޓަކުން ދުވަސް ފެށުމުން ވާނެ ފައިދާއަކީ ކޮބާ ބާވައޭ ދޯއެވެ.

ދުވަސް ފެށުމުގެ ގޮތުން ދޮންކެޔޮ ވަކެއް ކައި ހޫނު ފެން ތައްޓެއް ބުއިމުގެ ސަބަބުން ބަރުދަން ލުއި ކޮށްދިނުމަށް އެހީތެރިވެދެއެވެ. އަދި މީގެ އިތުރުން ހަޖަމު ކުރުމަށް ފަސޭހަ ވެދެއެވެ. ސަބަބަކީ ދޮންކޭލަކީ ހަޖަމުގެ ނިޒާމަށް ވަރަށް ރަނގަޅު އެއްޗަކަށް ވާތީއެވެ. ފިނިފެނަށްވުރެ ހޫނު ފެން ބޭނުން ކުރުން ރަނގަޅު ކަމަށް ސިއްހީ މާހިރުން ލަފާދެނީ ހޫނު ފެނުގެ ސަބަބުން ދޮންކޭލުގައި ހިމެނޭ ސަރުބީ މަދު ކޮށްދޭ ތީއެވެ.  އަދި ފިނިފެނަކީ ހެނދުނު ދުވަސް ފެށުމުގެ ގޮތުން ބޯން އެހާ ރަނގަޅު އެއްޗަކަށް ނުވާތީ އެވެ. ސަބަބަކީ އޭގެ ސަބަބުން މޭނުބައިކޮށް އުނދަގޫ ވެދާނެ ތީއެވެ.

މިގޮތަށް ހެނދުނުގެ ނާސްތާ ކުރާ ނަމަ އެހެން ވަގުތުތަކުގައި ސިއްހަތަށް ފައިދާހުރި ދުޅަހެޔޮ ކާނާ ކެއުމަށް ސަމާލުވާށެވެ. އަދި އެކަށީގެންވާ ވަރަށް ކަސްރަތު ކުރާށެވެ. އޭރުން ބަރުދަނަށް އަންނަ ބަދަލުތައް ފާހަގަ ކުރެވޭނެއެވެ.އޭގެ ސަބަބުން ހަށިގަނޑު ފަލަވާން މެދުވެރިވާ މާއްދާތައް ހަށިގަނޑުގައި އެކުލެވޭ ވަރު މަދުވާނެއެވެ.

އެެހެންކަމުން ބަރުދަން ލުއި ކުރަން ބޭނުންނަމަ ދުވަސް ފަށަންވީ ދޮންކެޔޮ ވަކަކާއި ހޫނުފެން ތަށްޓަކުންނެވެ.

Ads by PNC
  1. ކަޑަ

    ދެން ނޫހަކީ ކުރިން ވަރަށް ރީތި ލިޔުންތައް ގެނެސްދިން ނޫހެއް. ޢެކަމަކު މިހާރު އަބަދު ފެންނަނީ ކޮންމެވެސް ފޮޓޯ ގަނޑަކުން އެއްޗެއް ނުފެނިގެން ނޫނީ ދޮންކޭލަކުން ކަމެއް ކުރެވިގެން އުޅޭ ޚަބަރެއް. ޥަރަށް ފޫހި އެހެންވެ. މިހާރު ނުވޭ ދެން ގެ އެއްޗެހި ކިޔާ ހިތެއް