ދުނިޔެ

ކޮވިޑް-19: އެމެރިކާއިން ރެކޯޑު އަދަދަކަށް މީހުން ފައްސިވެއްޖެ

ރައުފާ ރަޝީދު ، ދެން އޮންލައިން

އެމެރިކާއިން ކޯވިޑް-19 އަށް ރެކޯޑް އަދަދަކަށް މީހުން ފައްސިވެއްޖެ އެވެ.

Ads by Sosun Fihaara

ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ނުރައްކާ އެންމެ ބޮޑުވެފައިވާ އެމެރިކާއިން މިހާތަނަށް ޖުމްލަ 9,212,767 މީހުންނަށް ބަލި ޖެހިފައިވެއެވެ.

އެގޮތުން އިއްޔެ އެކަނި ވެސް އެމެރިކާއިން އަލަށް 91,530 މީހަކު ފައްސިވެފައި ވެއެވެމިއީ މިހާތަނަށް އެއް ދުވަހެއްގައި އެންމެ ގިނަ ބަޔަކު ފައްސިވީ ކަމަށް ރެކޯޑް ކުރެވުނު ފަހަރެވެ.

އެ ޤައުމުގައި 2.9 މިލިއަން މީހުންނަށް މިވަގުތު މި ބައްޔަށް ފަރުވާދެމުން ދާއިރު 5.9 މިލިއަން މީހުން ބަލިން ރަނގަޅުވެފައި ވެއެވެ.

އެމެރިކާއަކީ ދުނިޔޭގެ ނިސްބަތުން ބަލާއިރު ވެސް އެންމެ ގިނަ ބަޔަކު ފައްސިވެ، މި ބަލީގައި އެންމެ ގިނަ ބަޔަކު މަރުވެފައިވާ ޤައުމެވެކޮވިޑް-19 ޖެހިގެން އެންމެ ގިނަ ބަޔަކަށް ސީރިއަސް ހާލުގައި ފަރުވާ ދެމުންދަނީ ވެސް އެމެރިކާގައެވެ.

އަދި މިވަގުތު އެޤައުމުގައި ސީރިޔަސް ހާލުގައި ފަރުވާދެމުން ގެންދާ މީހުން ގިނަ ކަމަށް އިދާރާތަކުން ބުނެއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!