ޚަބަރު

އެންޓިބޮޑީ ސާރވޭ ސާމްޕަލް އަލުން ނަގަން ފަށަނީ

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

މާލޭގައި މިހާރު ކޮވިޑް-19 ފެތުރިފައިވާ މިންގަނޑު ބަލަން ކުރިއަށްގެންދާ އެންޓިބޮޑީ ސާވޭގެ ތެރެއިން ސާމްޕަލް ނެގުން ދެ ދުވަހަށް މެދުކަނޑާލުމަށް ފަހު މިއަދު އަނެއްކާ ވެސް ނަގަން ފަށާނެ ކަމަށް ހެލްތު އިމަޖަންސީ އޮޕަރޭޝަން ސެންޓަރ (އެޗްއީއޯސީ) އިން ބުނެފި އެވެ.

Ads by STELCO

އޮންލައިން ނޫސް ސީއެންއެމް އަށް މައުލޫމާތު ދެއްވަމުން މިނިސްޓްރީ އޮފް ހެލްތުގެ ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް ތަސްލީމާ އުސްމާން ވިދާޅުވެފައިވަނީ އެންޓިބޮޑީ ސާވޭގެ ތެރެއިން ސާމްޕަލް ނެގުން މެދުކަނޑާ ނުލި ނަމަވެސް، މިދިޔަ ބުރާސްފަތި އަދި ހުކުރު ދުވަހު ސާމްޕަލް ނެގުން މެދުކަނޑާލި ކަމަށެވެ. ނަމަވެސް މިއަދު އަނެއްކާވެސް އެސާމްޕަލް ނެގުން ކުރިއަށް ގެންގޮސްފައިވާ ކަމަށް ވެސް ތަސްލީމާ ވިދާޅުވެފައިވެއެވެ.

ސީރޯސާވެލަންސް އެންޓިބޮޑީ ސާމްޕަލް ނެގުން އެ ދެދުވަހު މެދުކަނޑާލާފައިވާކަން ހެލްތު ޕްރޮޓެކްޝަން އޭޖެންސީ، އެޗްޕީއޭ އިން ވެސް ވަނީ މިދިޔަ ބުދަ ދުވަހު އިއުލާނު ކޮށްފައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!