ޚަބަރު

މޯލްޑިވިއަނުން ތިމަރަފުއްޓަށް ދަތުރުކުރުން ހުއްޓާލައިފި

އިބްރާހީމް ޙުސައިން ، ދެން އޮންލައިން

ގައުމީ އެއަރލައިން . މޯލްޑިއަނުން ތިމަރަފުއްޓަށް އުދުހުން ހުއްޓާލައިފިއެވެ.

Ads by MWSC

"ދެން"އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އައިލެންޑް އޭވިއޭޝަނުން މިހާރު ވަނީ އެކަން ތިމަރަފުށީ އެއާޕޯޓްގެ މުވައްޒަފުންނަށް އަންގާފައެވެ. އެ އެންގުމުގައި ބުނެފައިވާ ގޮތުގައި މިއަހަރުގެ ނިޔަލަށް ތިމަރަފުއްޓަށް ދަތުރުކުރުން ހުއްޓާލީ ދަތުރުކުރާ ފަސިންޖަރުން މަދުކަމަށް ބުނެއެވެ. ނަމަވެސް ފާއިތުވެދިޔަ މުއްދަތުގައި ވެސް ތިމަރަފުއްޓަށް ޑައިރެކްޓް ފްލައިޓް ނޯންނަ ކަމަށާއި އާންމުކޮށް ކުރަމުން އުދުހެމުން ގެންދިޔައީ ޓްރާންސިޓް ކޮށް ކަމަށް މައުލޫމާތު ލިބިފައި ވެއެވެ.

މިކަމާ ގުޅިގެން އައިލެންޑް އޭވިއޭޝަނުން ބުނީ ތިމަރަފުއްޓަށް ދަތުރުކުރުން ހުއްޓާލިކަން އެނގިފައި ނުވާ ކަމަށާއި އެފަދައިން ދަތުރުތައް ހުއްޓާނުލާނެ ކަމަށެވެ.
ނަމަވެސް "ދެން"އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އައިލެންޑް އޭވިއޭޝަނުން ވަނީ ނޮވެމްބަރު އަދި ޑިސެމްބަރ މަހު ތިމަރަފުއްޓަށް ދަތުރުކުރުމަށް ޓިކެޓް ނަގާފައިވާ ފަރާތްތަކަށް ، ދަތުރުކުރުން ހުއްޓާލިކަން އަންގާ ލ.ކައްދުއަށް ޓިކެޓް ބަދަލު ކުރުމަށް އަންގާފައެވެ. އަދި މޯލްޑިވިއަންގެ ރިޒަވޭޝަނަށް ގުޅާލުމުން އެފަރާތުން ވެސް ވަނީ ކުރިއަށް އޮތް ދެމަހަށް ޝެޑިއުލް ފްލައިޓެއް ނެތް ކަމަށް ބުނެފައެވެ.

އައިލެންޑް އޭވިއޭޝަންގެ މޯލްޑިވިއަންގެ ދަތުރުތައް ތިމަރަފުއްޓަށް ހުއްޓާލިއިރު އެއެއަރލައިނުން ދާދި ފަހުން ވަނީ ސީޕްލޭނެއް އިންޑިއާއަށް ޗާޓަރުކޮށް ދީފައެވެ.

Ads by Ooredoo
  1. އެހެނ ހަދާކަށ ނުވާޅެ

    އެވެސްް ރަށެއްދޯޯ އެޔާރޕޯރޓެއ އޮތް

  2. ގައިސް

    ތިމަރަފުށީ މީހުން ގެ ސަބަބުން މިކަން މިހެންވީ. މާލިފުއްޓަށް ދަތިރުކުރާ ފްލައިޓުންނއަންނަ މީހުން ގެންދަން ޖެހެނީ ރަށުތެރެއިން. ބަލާ އަންނަ ލޯންޗަށް ބަނދަރުން ޖާގައެއް ނުލިބޭ. ދެން އެންމެ ފަހުން އެއަރޓެކްސީގަ ސީދާ މާލިފުއްޓަށް ގެސްޓުން ގެންދަންފެށީ. ކުރިން ދުވާލަކު 5 ފްލައިޓް އޮވެފަ މިގޮތަށް ބަދަލުވުމުން އެއރަޕޯޓަށް އަންނަނީ ހަފުތާއަކު2 ފްލައިޓް. ޢެންމެ ފަހުން މިހާރު މި ހުއްޓުނީ. ޓެކްސީކުރާ މީހުންގެ 50ރ ގެ އާމްދަނީއާ ހެދި މުޅި އަތޮޅަށް ގެއްލުން

    • އާރިއްޕެ

      ޓެކްސީ ޑްރައިވަރުންދޯ ބަޔަކީ