ޚަބަރު

ކޮވިޑް-19: އަލިފުށިން ނެގި ހުރިހާ ރޭންޑަމް ސާމްޕަލެއް ނައްސި

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ރ. އަލިފުށިން ކޮވިޑް-19 އަށް ޓެސްޓު ކުރުމަށް ރޭންޑަމްކޮށް ނެގި ސާމްޕަލްތައް ނައްސި ވެއްޖެއެވެ.

Ads by STELCO

އަލިފުށިން މީހުން ކޮވިޑަށް ޓެސްޓު ކޮށްފައި މިވަނީ އެއަތޮޅު އުނގޫފާރުން ކޮވިޑަށް މީހަކު ފައްސިވުމާއި ގުޅިގެން، އެރަށަށް ގޮސްފައިވާ އެހެން ރަށްތަކުގެ މީހުން ވެސް ޓެސްޓު ކުރުމުގެ ގޮތުންނެވެ.

އެގޮތުން މިމަހުގެ 15 ވަނަ ދުވަހުގެ ފަހުން އަލިފުށިން އުނގޫފާރަށް ދަތުރުކުރި ފަރާތްތަކުގެ ތެރެއިން ރެންޑަމްކޮށް 20 ސާމްޕަލެއް ނަގާފައިވެއެވެ. އެހުރިހާ ސާމްޕަލެއް ވެސް ނައްސި އެވެ.

އުނގޫފާރުން ފައްސި ވެފައިވަނީ، އެރަށުން ޓެސްޓު ކުރުމަށް ރޭންޑަމްކޮށް ނެގި ސާމްޕަލް އެކެވެ. ނަމަވެސް އެމީހާގެ ދެވަނަ ސާމްޕަލް ވަނީ ނައްސި ވެފައެވެ. ނަމަވެސް އެރަށް އަދިވެސް އޮތީ މޮނީޓަރިންގެ ހާލަތުގައެވެ.

އުނގޫފާރަކީ ގިނަ ރަށްތަކަކުން މީހުން ބޭސް ފަރުވާ އަށް ވެސް ދަތުރުކުރާ ރަށެކެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!