Monday, 2 November 2026
Advertisement
STO — McCoy (leaderboard)
ޚަބަރު

އިކްރާމްގެ ރައްދެއް އިންތިއަށް: މަޖިލިސް ހައިޖެކްޓް ކުރެވިގެން ނުވާނެ, ޤަވާއިދު ހެދާފައިވަނީ މަޖިލިސް ހިންގަން

އިކްރާމްގެ ރައްދެއް އިންތިއަށް: މަޖިލިސް ހައިޖެކްޓް ކުރެވިގެން ނުވާނެ, ޤަވާއިދު ހެދާފައިވަނީ މަޖިލިސް ހިންގަން
ރައްޔިތުންގެ މަޖިލީހުގެ ޤަވާއިދު އޮތީ, މިހާރު ކަންތައް ކުރިޔަށްދާ ގޮތުން މަޖިލީސް ޑެޑްލޮކްއަކަށް ދާ ގޮތަށް ކަމަށް, އަލަށް އުފެއްދުމަށް މަސައްކަތް ކުރަމުންދާ ޑަ ޑިމޮކްރެޓްސްގެ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަޙްމީ ވިދާޅުވުމުން އެކަމަށް ދިއްގަރު ދާއިރާގެ މެމްބަރު އިކްރާމް ހަސަން ރައްދު ދެއްވައިފިއެވެ. މަޖިލީސް ޑެޑްލޮކަށް ނުދާ ކަމަށާއި, މަޖިލީހުގެ މަސައްކަތް އަދި ވެސް ކުރިޔަށް ގެންދެވޭނެ ކަމަށް އެމްޑީޕީގެ ޕީޖީ ލީޑަރު އަދި ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް ވިދާޅުވުމުން އިންތި ވިދާޅުވެފައިވަނީ ޤަވާއިދު އޮތް ގޮތުން މަޖިލީހުގެ މަސައްކަތް އިތުރަށް ކުރިޔަށް ނުގެންދެވޭނެ ކަމަށެވެ. އަދި މަޖިލީހުގެ ރައީސް އަދި ނައިބު ރައީސް ވަކިކުރަން ހުށަހަޅާފައިވަނީ މަޖިލިސް ހުއްޓުވާލުމަށް ކަމަށް އިންތިވަނީ ތުހުމަތު ކުރައްވާފައެވެ. ޑިމޮކްރެޓްސްގެ މެމްބަރުން ދައްކަވާ ވާހަތަކަށް ރައްދު ދެއްވައި މެމްބަރު އިކްރާމް ވިދާޅުވީ މަޖިލީހުގެ ގަވާއިދު ވެސް އަދި ޤާނޫނު ހަދާފައިވަނީ މަޖިލިސް ހުއްޓުވަން ނޫން ކަމަށާއި މަޖިލިސް ހިންގަން ކަމަށެވެ. އަދި ވަކި ބަޔަކު ބޭނުން ވެގެން މަޖިލިސް ހުއްޓުވާލެވިގެން ނުވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
މަޖިލީހުގެ ގަވާއިދު ހަދާފަ ވަނީ މަޖިލިސް ހިންގަން. މަޖިލިސް ހުއްޓުވާފަ ބާއްވާކަށްނޫން. ޤަވާއިދުގެ ތަންކޮޅެއް ނަގައިގެން މަރުތަޅު އަޅުވަން މަސައްކަތް ކުރުމަކީ އަމިއްލަ އެދުން އިސްކޮށް ޤާނޫނު މުގުރާލުން. ރާއްޖޭގެ އެންމެ ބޮޑު ޑިމޮކްރަޓިކް މުއައްސަސާ ހައިޖެކް ކުރެވިގެން ނުވާނެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް