Monday, 2 November 2026
Advertisement
Ooredoo — Airfibre (leaderboard)
ޚަބަރު

ވެށި ސާފުކުރުމަށް އަރބަންކޯއިން ކުންފުނިތަކަށް ޗެލެންޖެއް!

ވެށި ސާފުކުރުމަށް އަރބަންކޯއިން ކުންފުނިތަކަށް ޗެލެންޖެއް!
ތިމާވެށި ސާފުކޮށް ރައްކާތެރިކުރުމުގެ މަގްސަދުގައި އަރބަންކޯއިން ލޯންޗުކޮށްފައިވާ 'ދުނިޔެ މަގޭ' ބްރޭންޑުގެ ދަށުން ކްލީން އަޕް ޗެލެންޖެއް ތައާރަފްކޮށްފިއެވެ. އަރބަންކޯއިން ނެރުން ބަޔާނެއްގައި ބުނެފައިވަނީ އަރބަންކޯއިން ތައާރަފްކުރި މި ޗެލެންޖުގައި ބައިވެރިވާ ކޮންމެ ކުންފުންޏަކުން ވެސް އެއް މަސްދުވަސް ތެރޭގައި އެއް މެގަ ކްލީން އަޕް އިވެންޓު ބޭއްވުމަށް ފަހު އެހެން މުއައްސަސާއަކަށް ޗެލެންޖު ކުރާނީ ކަމަށެވެ. ހޮނިހިރު ދުވަހު ބޭއްވި އިވެންޓަށް ފަހު އާބަންކޯއިން ވަނީ ސްޓެލްކޯއަށް ޗެލެންޖުކޮށްފައެވެ.

މި ޗެލެންޖުގެ ރަމްޒެއްގެ ގޮތުގައި ކޮންމެ ކުންފުންޏަކުން ވެސް ސާފުކުރާ އިވެންޓަށް ފަހު އެ ފަރާތަކުން ޗެލެންޖުކުރާ އިދާރާއަކަށް ރަމްޒީ މަޝަންދަތި އަރުވަން ޖެހޭނެ ކަމަށް އަރބަންކޯއިން ބުންޏެވެ.

އެގޮތުން އެ ކުންފުނީގެ އިވެންޓު ނިންމާލުމަށް ބޭއްވި ރައްމިއްޔާތުގައި އަރބަންކޯގެ ފަރާތުން ރަމްޒީ މަޝަންދަތީގެ ފިލާ ވަނީ ސްޓެލްކޯއަށް އަރުވާފައެވެ.

މި ޗެލެންޖުގެ މައިގަނޑު މަގްސަދަކީ ހުޅުމާލެ ސާފުކުރުމަށް އަރބަންކޯއިން ކުރިއަށްގެންދިޔަ ހަރަކާތަކީ ދެމެހެއްޓެނިވި ގޮތެއްގައި މުޅި ރާއްޖެ އަށް ފުޅާކޮށްގެން ކުރިއަށްގެންދެވޭ ބޮޑު ހަރަކާތަކަށް ހެދުމާއި ދުނިޔޭގެ ދިމާވެށި ރައްކާތެރިކޮށް ސާފުތަނެއްގެ ގޮތުގައި ދެމެހެއްޓުމަށް ބާރު އެޅުން ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް