ޚަބަރު

ތަލަވެފައިވާކަން ސިއްރު ކުރުމުން ފިރިމީހާ ގޮވައިގެން ފުލުހަށް!

ޢާލިމް އަބްދުއްލަތީފް ، ދެން އޮންލައިން

އިންޑިއާގެ 27 އަހަރުގެ އަންހެނަކަށް އޭނާގެ ފިރިމީހާ ތަލަ ވެފައިވާކަން ސިއްރު ކުރުމުން އެ މައްސަލަ ފުލުހަށް ހުށަހަޅައިފިއެވެ. މި ދެމީހުން ކައިވެނި ކުރީ ވެސް ވަރަށް ފަހުގެ ތާރީހެއްގައި ކަމަށް ރިޕޯޓްތައް ބުނެއެވެ. މިކަން ހިނގާފައިވަނީ އިންޑިއާގެ މުންބާއީގައެވެ.

Ads by STELCO

މި މައްސަލަ ރައްދުވާ ފަރާތަކީ އޭނާގެ 29 އަހަރުގެ ފިރިމީހާއެވެ. އޭނާ މަސައްކަތް ކުރަނީ އަމިއްލަ ކުންފުންޏެއްގައި ކަމަށާއި އޭނާ ކޯޓަށް ހާޒިރުކޮށް ސުލްހައިގައި ފުލުހުންގެ ހައްޔަރަށް ދިއުމަށް ކޯޓުން އިރުޝާދު ދީފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

މި ފިރިހެން މީހާ އަނބިމީހާއަށް އޭނާ ތަލަވެފައިވާކަން ސިއްރު ކުރީ ފޭކު އިސްތަށިގަނޑެއް (ވިގެއް) ބޭނުން ކޮށްގެންނެވެ. އަދި ކައިވެނި ކުރުމުގެ ކުރިން ފިރިހެން މީހާ އަކީ ތަލަ ވެފައިވާ މީހެއްކަން އޭނާއަށް ނޭނގޭކަމަށް ރިޕޯޓްތައް ބުނެއެވެ.

ފިރިހެން މީހާ އަކީ ތަލަވެފައިވާ މީހެއްކަން ކައިވެނީގެ ކުރިން އެނގުނު ނަމަ ކައިވެނި ނުވެސް ކުރާނެ ކަމުގައި އެ އަންހެން މީހާ ބުނެއެވެ. ނަމަވެސް ފިރިހެން މީހާގެ އާއިލާއިން ބުނެފައި ވަނީ އެއީ އެވަރުގެ ކަމެއް ނޫން ކަމަށެވެ.

މިއީ އާންމުކޮށް ހިނގާ ބާވަތުގެ ކަމެއް ނޫނެވެ. އަދި މި މައްސަލަ އިންޑިއާގެ ފުލުހުން މިހާރު އަންނަނީ ތަހުގީގު ކުރަމުންނެވެ.

 

 

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!