ލައިފްސްޓައިލް

ދިރިއުޅުމުގައި ކަންކަމާ ކުރިމަތިލާން ދަސްކުރާށެވެ.

މުޙައްމަދު ޝިފާއު ، ދެން އޮންލައިން

ދިރިއުޅުމުގައި އެކި ދުވަހު ދިމާވާނީ އެކި ކަންކަމެވެ. ދުނިޔޭގައި މި ކަޑައްތު ކުރަމުން ދާ ކޮންމެ ވަގުތަކު ވެސް ޙަޔާތުގެ ނައު ދަތުރު ކުރަމުންދާ މިސްރާބު ބަދަލު ވެދާނެއެވެ. އެހެންކަމުން އެކަމާ ކުރިއާލާ އަބަދުވެސް ތައްޔާރަށް ތިބެން ވާނެއެވެ.

Ads by STELCO

މިހާރުގެ މުޖުތަމަަޢުން މަދުން ނަމަވެސް ފެންނަމުންދާ ނޭދެވޭ ޢަމަލަކީ ދިރިއުޅުމުގައި ދިމާވާ ކަމަކުން އަމިއްލަ ނަފްސު ޤުރުބާން ކުރުމަށް ގިނަ ބަަޔަކު މަސައްކަތް ކުރުމެވެ. ޚާއްސަކޮށް އަދުގެ ޒުވާނުންނެވެ. ދިރިއުޅުމުގައި ކުރިމަތި ނުލެވޭ އެއްވެސް ކަމެއް ނާންނާނެއެވެ އޭގައި އޮތީ ތިމާގެ ކެރުމާއި ނުކެރުމެވެ. ހިތްވަރުގަދަކޮށް އައު ޢަޒުމަކާއެކު ކޮންމެ ދުވަހެއް ވެސް ފެށުމެވެ.

ވީއިރު ލައްފިލުވާ ބުއިމާއި އަދި މިނޫން ވެސް ތިމާގެ އަމިއްލަ ނަފުސަށް ގެއްލުން ދޭ މީހުން މަދެއް ނޫނެވެ. އަދި އެކަން ކުރެވުނީތީ އެކަމާ މެދު ދެރަވެ ހިތާމަކުރާ މީހުން ވެސް މަދެއް ނޫނެވެ. މިއީ ހަގީގަތެވެ. އެފަދަ ޙާލަތްތަކުގައި ތިމާ އެދެންވީ އެކަލާނގެ ހަޟްރަތުން ވާތްގަށެވެ. އެކަލާނގެ ހަޟްރަތުގައި ތިމާއަށް ހިތްވަރު ދެއްވުމަށް އެދި ދުޢާ ދަންނަވާށެވެ.

ބައެއް މީހުން ބުނާ ގޮތުގައި ނަފްސާނީ ކަންކަމުގެ ސަބަބުން މީހުން "ޑިޕްރެޝަން" އަށް ދިއުމަކީ އެއީ އެމީހާގެ އަގީދާ ބަލިކަށިކަމުން ވާ ގޮތެކެވެ. އެހެން ނަމަވެސް އަޅުގަނޑު މިކަމާ މުޅިއަކުން ގަބޫލެއް ނޫނެވެ. އެހެނީ އެފަދަ ބައެއް ކަންކަމަކީ ފަރުވާގެ އެހީއިން ނުވަތަ އެފަދަ އެހެން ގޮތަކުން އެކަމުން މިންޖު ވާން މަސައްކަތް ކުރަން ޖެހޭ ކަންކަމެވެ. އެއްވެސް ޙާލެއްގައި އެފަދަ މީހަކު ދައްކާ ވާހަކަތަކަށް މަލާމާތް ނުކުރާށެވެ. އެމީހުންގެ ވާހަކަތައް ވެސް އަޑު އަހާށެވެ. އެހީތެރިކަން ފޯރުކޮށްދޭށެވެ.

ވަގުތީ ދުނިޔޭގައި ހޭދަ ކުރަމުން މިދާ ދުވަސްތަކުގައި ތިމާއާއި ކުރިމަތިވެދާނެ ބޮޑުރާޅަކަށް އަބަދުވެސް ތައްޔާރަށް ހުންނާށެވެ. ހުރިހާ ކަމަކީ ތިމާގެ ހިތް އެދޭ ގޮތަށް ވާނެ ކަންކަމެއް ނޫނެވެ. ބައެއް ކަންކަމަކީ ހިތްހަމަ ނުޖެހުނު ކަމުގައިވީ ނަމަވެސް އެކަން ހިތުން ގަބޫލުކުރަން ޖެހޭ ކަންކަމެވެ. މިއީ މިއަދުގެ މުޖުތަމައަށް މިއަދު އަޅުގަނޑު ދަސްކޮށްދޭން ބޭނުންވާ ވަރަށް މުހިންމު ފިލާވަޅެކެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!