ލައިފްސްޓައިލް

‎ތިމާ ދެކެ ލޯބިވާ މީހުންނާ އެހާ ބޮޑަށް ދުރު ނުވާށެވެ. އެހެންނޫނީ އެމީހުން ތިމާއާ ނުލާ އުޅެން ދަސްކޮށްފާނެއެވެ.

މުޙައްމަދު ޝިފާއު ، ދެން އޮންލައިން

އެއެއްޗެއްގެ މުހިއްމުކަން އެނގޭނީ އެ އެއްޗެއް ބީވެގެން ދިޔުމުންނޭ ބުނާ އަޑު އަބަދުވެސް އަހަމެވެ. ހަގީގަތުގައިވެސް މީ ކަންވާ ގޮތެވެ. ތިމާ ދެކެ ލޯބިވާ މީހަކު ތިމާއާ ދުރުވުމުން އެމީހެއްގެ މުހިންމުކަން ތިމާއަށް އިހުސާސް ކުރެވެން ފަށާނެއެވެ. އެ ގެއްލުނީ ކިހާ އަގުހުރި ޖަވާހިރެއް ކަން ތިމާއަށް ވިސްނެން ފަށާނެއެވެ. އެމީހަކު ގެއްލުނީތީ ތިމާ އެކަމާ ދެރަވެ ހިތާމަ ވެސް ކުރާނެއެވެ. އެހެން ނަމަވެސް ތިމާއަށް އެޅޭ ޅައެއްޗެއްގެ ސަބަބުން ތިމާގެ ދިރިއުޅުމުން ތިމާ ދެކެ އެންމެ ލޯބިވާ މީހާ ދުރުވެއެވެ. ފަހުން އެކަމާ ދެރަވެ ހިތާމަ ކުރާނެއެވެ.

Ads by STELCO

ދުވަހުގެ ހުރިހާ ވަގުތެއް ތިމާ ދެކެ އެންމެ ލޯބިވާ މީހާއަށް ދީގެން އުޅުމަކީ ތިމާގެ ދިރިއުޅުން ކުރިއަރުވަން މަސައްކަތް ކުރުމަށް އެޅޭނެ ހުރަހެއްކަން ޤަބޫލު ކުރަމެވެ. އެހެން ނަމަވެސް ތިމާގެ ބިޒީ ޝެޑިއުލް އިން ކުޑަ ވަގުތު ކޮޅެއް ހުސްކޮށްލުމަށް ފަހުގައި ނަމަވެސް އެމީހެއްގެ ޙާލު އަހުވާލު ބަލާލާ ހަދާށެވެ. މާ ބޮޑު މުހިންމު ކަމެއް ނުދީ ކުރާ ކަންކަމުގައި ބާކީ ކޮށްގެން އުޅުމަކީ އޭނާ ތިމާއާ ވެސް ދުރުވާން ލިބޭނެ ފުރުސަތެކެވެ. ވީވަރަކުން ވަގުތު ކޮޅެއް ހުސްކޮށްލާށެވެ. ސަކަ ވާހަކަތައް ދައްކާ މަޖާކޮށް، ދުވަސް ދިޔަ ގޮތް އެކަކު އަނެކަކަށް ހިއްސާ ކޮށްލާށެވެ. އޭރުން އޭނަގެ ހިތުގައި ތިބާއަށްޓަކައި އޮތް ލޯބި އިތުރުވާނެއެވެ. ތިމާއާ ދުރުވާން އުނދަގޫ ވާނެއެވެ.

ކިތަންމެ ކުޑަ ކަމެއްވީ ނަމަވެސް އެކަން އޭނައާ ހިއްސާ ކުރާށެވެ. މިކަހަލަ ކުދި ކުދި ކަންކަން ނުކުރެވުމުގެ ސަބަބުން ތިމާގެ ދިރިއުޅުމުން ބީވެގެން އެ ދަނީ ކިހާވަރެއްގެ ޖަވާހިރެއްކަން ތިމާއަށް ވިސްނޭ ހެއްޔެވެ؟ ތިމާއަށް ޓަކައި އަބަދުވެސް ހެޔޮ އެދޭ ގާތް މިތުރެކެވެ. ތިމާއަށް މިކަން ނުވިސްނުން ކަމުގައި ވީ ނަމަވެސް މީ އިންސާނެއްގެ ދިރިއުޅުމުގައި ހާދަ މުހިންމު ރޯލެއް އަދާކުރާ ބައެކެވެ. ތިމާ ދެކެ ވާ ލޯބީގެ ބަދަލު ތިމާގެ ކޮޅުފައިން ޖަހަނީ ކަމުގައި ވާނަމަ ކަން ވާނީ ވެސް މިހެންތާއެވެ. ދެން ޝަކުވާ ކުރުމުގެ ބޭނުމަކީ ކޮބައި ހެއްޔެވެ؟

ބައެއްފަހަރު ތިމާ ދެކެ ކިތަންމެ ލޯބިވާ މީހަކު ހުރި ކަމުގައި ވީ ނަމަވެސް ޙާލަތަށް ބަލައި އޭނާ ދުރުކޮށްލުމަކީ އެދެވިގެންވާ ކަމެކެވެ. އެހެން ނަމަވެސް މީ ބައެއް ޙާލަތްތަކުގައެވެ. މިސާލަކަށް ތިމާދެކެ ކިތަންމެ ލޯބިވާ މީހެއްކަމުގައި ވީ ނަމަވެސް އޭނަގެ ސަބަބުން ތިމާގެ ދިރިއުޅުމަށް ނޭދެވޭ އަސަރުކުރާ ކަމުގައިވާނަމަ އެންމެ ރަނގަޅު ގޮތަކީ އޭނާ ތިމާގެ ޙަޔާތުން ނެރެލުމެވެ. އެފަދަ މީހުންނަކީ ތިމާގެ ހަޔާތުގައި، ވިހަގަދަ ހަރުފައެކެވެ. އެންމެ މުހިންމު ކަމެއް ގޮތުގައި ތިމާގެ ޙަޔާތުން އެފަދަ ހެޔޮ އެދޭ ރައްޓެހިންނާ ތިމާގެ ދިރިއުޅުން ހަލާކެއްގެ ތެރެއަށް ވައްޓާލާ ރަހުމަތްތެރިން ވަކި ކުރަން ދަސްކުރާށެވެ. 

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!