ޚަބަރު

ކޮވިޑް-19: ކަނޑިންމަ ރިސޯޓުން އިތުރު ދެމީހަކު ފައްސިވެއްޖެ

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ދ. އަތޮޅުގައި ހިންގަމުން އަންނަ ކަނޑިންމަ ރިސޯޓުން އިތުރު ދެ މީހަކު ކޮވިޑް19 އަށް ފައްސި ވެއްޖެއެވެ.

Ads by STELCO

ހެލްތު އެމަޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗްއީއޯސީ) އިން ބުނީ ކަނޑިންމަ ރިސޯޓުން ނެގި 33 ސާމްޕަލެއް އާދިއްތަ ދުވަހުގެ ރޭ ކޮވިޑަށް ޓެސްޓްކޮށްފައިވާ ކަމަށާއި، ނެގިފައިވަނީ ފުރަން ހަމަޖެހިފައިވާ 21 ފަތުރުވެރިންނާއި 12 މުވައްޒަފެއްގެ ސާމްޕަލް ކަމަށެވެ.

އޭގެ ތެރެއިން ކޮވިޑަށް ފައްސި ވެފައިވަނީ ދެ މުވައްޒަފެއްގެ ސާމްޕަލް ކަމަށްވެސް އެޗްޕީއޭއިން ބުނެފައިވެއެވެ.

އިތުރު 149 ސާމްޕަލް ނަގާފައިވާކަމަށާއި މި ސާމްޕަލްތައް އާދިއްތަ ދުވަހުގެ ރޭ ޓެސްޓުކުރުމަށް ހަމަޖެހިފައިވާ ވެސް އެޗްއީއޯސީން ބުނެފައިވެއެވެ.

ދާދި ފަހުން ކަޑިންމަ ރިސޯޓުގެ މުވައްޒިފަކު ބަލި ހާލު ދެރަވެ، ދ. އަތޮޅު ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެމުން ދަނިކޮށް ވަނީ ނިޔާވެފައެވެ. އޭނާގެ ހަށިގަނޑުގައި ކޮވިޑްގެ އަލާމާތްތައް ހުރުމުން ޓެސްޓުކުރިއިރު، މިބައްޔަށް ފައްސިކަން ވަނީ ހާމަވެފައެވެ. އެހެންކަމުން އެރިސޯޓުގައި ހެލްތް އެޗްއީއޯސީގެ ޓީމެއް ހަރަކާތްތެރިވާން ވަނީ ފަށާފަށެވެ.

Ads by PNC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!