އޮންލައިން ޓްރޭޑިން މުޢާމަލާތްތަކުގައި ބީއެމްއެލް ކާޑު ބޭނުން ނުކުރެވޭ ގޮތް ހަދައިފި
އޮންލައިން ޓްރޭޑިން މުއާމަލާތްތަކުގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ކާޑުތައް ބޭނުން ނުކުރެވޭ ގޮތް ހަދައިފިއެވެ.
މިކަމާއި ގުޅޭގޮތުން ބީއެމްއެލުން މިރޭ ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ގާނޫނާއި ގަވައިދުތަކާ ހިލާފު މާލީ މުއާމަލާތްތަކުގައި އެ ބޭންކުން ދޫކޮށްފައިވާ ކާޑުތައް ބޭނުން ކުރުން ހުއްޓުވުމަށް ކުރަމުންދާ މަސައްކަތްތައް އިތުރު ކުރުމަށް ނިންމާފައިވާ ކަމަށެވެ.
ބީއެމްއެލުން ބުނެފައި ވަނީ ޑިޖިޓަލް ވޮލެޓްތައް ބޭނުންކޮށްގެން ޖުވާ ކުޅުމަށް ބޭނުން ކުރާ ސައިޓްތަކަށް މީހުން ވަދެ މުއާމަލާތް ކޮށްފައިވާ މިންވަރު ފާއިތުވި މަސްތަކުގައި ވަރަށް ބޮޑުތަން އިތުރުވެފައިވާ ކަމަށާއި އެހެންކަމުން އޮންލައިން ޓްރޭޑިން ސައިޓްތައް ވެސް ބްލޮކް ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.
"ޑޮލަރު ލިބެން ހުރި މިންވަރު ނުހަނު ބޮޑަށް ދަށްވެފައިވާ ހާލަތެއްގައި މިފަދަ އޮންލައިން ޓްރޭޑިން ޕްލެޓްފޯމުތައް މެދުވެރިކޮށް ކޮންމެހެން ރާއްޖޭން ބޭރަށް ދާން ނުޖެހޭ ފައިސާ ބޭރުވަމުންދޭ" ބީއެމްއެލް އިން ބުނެފައިވެއެވެ.
މިފަދަ އުނދަގޫ އަދި ދަތި ހާލަތެއްގައި ދިވެހި ރާއްޖޭގެ އިގްތިސާދަށް އެހީތެރިވުމުގެ ގޮތުން އަސާސީ ބޭނުމަށް މުދާ އެތެރެކުރުމަށް ޑޮލަރު ބެހެއްޓުމާއި ކޮންމެހެން ބޭނުންތެރި ނޫން ބޭރުގެ ވިޔަފާރި މުއާމަލާތްތައް ހުއްޓުވުމަކީ ނުހަނު ބޭނުންތެރި ކަމެއް ކަމަށް ވެސް ބީއެމްއެލް އިން ބުނެފައިވެއެވެ.
މާދަމާ މަ ގޮސް ކާޑު ކޮޅު ހަވާލުކޮއްލާނަން
ލާރި ލިބެން މަގެއް އޮތީޔާ އެމަގު ބަންދު ކޮއްލާ
ޔާމީނު ވެސް އޮތީ ބަންދު ކޮއްލާފަ ވިއްޔާ
އެވެސް ހާދަ ލާރި އެއް ލިބުނު މަގެކޭ ލިބުނު ބަޔަކައް
މިއޮތް ހުރިހާދުވަސްވީއިރަ ޖުވާކުޅުން ނުހުއްޓުވީކީއްވެބާ ތިއުޅެނީ ގައިސާބޭރުވާތީކީނޫން ރައްޔިތުންނަށްނަށް ޑޮލަރުލިބޭނތީލަގޮޑިއަށްތަދުވަނީ އޮނލައިންކޮށް ޑޮލާރގަނެވިއްކުމަކީޖުވާކުޅުންތޯ
އަޅުގަނޑުމެން އެންމެނަށް ވެސް އިނގޭ ޖުވާ ކުޅުމަކީ ޙަރާމް ކަމެއްކަން.. ހަމަ އެގިތަށް ރިބާ އަކީވެސް ޙަރާމް އެއްޗެއް.. ޖުވާ ކުޅުން ހުއްޓުވުމަށް މަސައްކަތް ކުރާފަދައިން ބޭންކް އިންޓްރެސްޓްގެ ގޮތުގައި ތިޔަނަގަމުން ގެންދާ ރިބާވެސް ހުއްޓާާލަން ޖެހޭ..