ޚަބަރު

އިސްތިޢުމާރީ ބާރުތަކަށް ބޯލެނބުމައްވުރެން ވަކީން ބޮޑު އަޅުވެތިކަމެއް ނެތް: ސައީދު

ރައުފާ ރަޝީދު ، ދެން އޮންލައިން

ނަސްރުގެ ދުވަސް ހަނދާން ކޮށްދެނީ، އިސްތިއުމާރީ ބާރުތަކަށް ބޯލެނބުމަށް ވުރެ ބޮޑު އަޅުވެތިކަމެއް ނެތްކަން ކަމަށް، ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ މެމްބަރު އަދި ޕީއެންސީގެ ނައިބު ރައީސް މުހައްމަދު ސައީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެއްޖެ އެވެ.

Ads by STELCO

ނަސްރުގެ ދުވަހުގެ މުނާސަބަތުގައި ތަހުނިޔާ ފޮނުވަމުން ސައީދު ވިދާޅުވީ ބޭރުގެ އިސްތިއުމާރީ ބާރުތަކަށް ބޯލެނބުމަކީ އެންމެ ބޮޑު އަޅުވެތިކަން ކަމަށެވެ.

"3 ނޮވެމްބަރު ހަނދާނަށް ގެނެސްދެނީ އިސްތިޢުމާރީ  ބާރުތަކަށް ބޯލެނބުމަށް ވުރެން ވަކީން ބޮޑު އަޅުވެތިކަމެއް  ނެތްކަން. އެތެރެއާއި ބޭރުގައި، ރާއްޖެ ގައުމެއްގެ ދަރަޖައިން މަހުރޫމު ކުރުމަށް ކުރެވޭ ކޮންމެ ސިޔާސީ މަސައްކަތަކީ ބަލިކަށިވެ ނެތިދާނެ ފިކުރެއް. ނަސްރުގެ ދުވަސް މިހަނދާން އާކޮށްދޭ" ސައީދު ވިދާޅުވިއެވެ. 

ނަސްރުގެ ދުވަސް ދިވެހީން މިއަދު ފާހަގަ ކުރަމުންދާއިރު ނަސްރުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން އިދިކޮޅު ކޯލިޝަނުން އަންނަނީ "ބަޑި ބުރާސްފަތި" މިނަމުގައި ޖަލްސާއެއް ބާއްވަން ތައްޔާރު ވަމުންނެވެ. އެޖަލްސާ މިރޭ ޕީޕީއެމް އޮފީސް ކުރިމަތީގައި އޮންނާނެއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!