ދުނިޔެ

ކޮވިޑު-19: ޔޫކްރޭނުން ރެކޯޑު އަދަދަކަށް މީހުން ފައްސި ވެއްޖެ

މުޙައްމަދު ޝިފާއު ، ދެން އޮންލައިން

މުޅި ދުނިޔެއަށް ފެތުރެމުންދާ ޢާލަމީ ވަބާ، ކޮވިޑު-19އަށް ފައްސިވި މީހުންގެ އަދަދު ޔޫކްރޭނުގައި ރެކޯޑު އަދަދަކަށް އަރައިފިއެވެ.

Ads by WAMCO

މިއަދު އެކަނި ވެސް ޔޫކްރޭނުން ޖުމްލަ 9،524 މީހުން މިބައްޔަށް ފައްސިވެފައިވާއިރު، އިއްޔެ  8،899 މީހުން އެގައުމުން ވަނީ ފައްސި ވެފައެވެ. މިއަދަކީ ޔޫކްރޭނުން މީހުން މިބައްޔަށް އެއް ދުވަސް ތެރޭގައި ފައްސިވި މިންވަރު އެންމެ ގިނަ ދުވަހެވެ.

ބަލި ފެތުރިފައިވާ ގައުމުތަކުގެ ތެރެއިން ޔޫކްރެއިން 22 ވަނައިގައި އުޅޭއިރު، މިހާތަނަށް އެގައުމުން ޖުމުލަ 411،093 މީހުން ކޮވިޑަށް ފައްސި ވެފައި ވެއެވެ. އަދި މީގެ ތެރެއިން ޖުމުލަ 168،868 މީހުން މިބަލިން ރަނގަޅު ވެފައިވާއިރު، 234،693 މީހަކަށް އަންނަނީ މިވަގުތު ފަރުވާ ދެމުންނެވެ. އަދި އޭގެ ތެރެއިން ވެސް 177 މީހަކަށް އަންނަނީ އައިސީޔޫގައި ފަރުވާ ދެމުންނެވެ.

ކޮވިޑު-19 މުޅިދުނިޔެއަށް ފެތުރިފައިވާއިރު، މިބަލީގައި ގިނަ މީހުންތަކެއް ވަނީ ދުނިޔެ ދޫކޮށްފައެވެ. އަދި ސިއްހީ މާހިރުން އަންނަނީ ކެނޑިނޭޅި މިބައްޔަށް ލިބޭނެ ދާއިމީ ފަރުވާ އަކަށް މަސައްކަތް ކުރަމުންނެވެ،

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!