ލައިފްސްޓައިލް

އަންހެން ކުއްޖަކާ ވާހަަކަ ދައްކަން ފަށާނީ ކިހިނެއް؟

މުޙައްމަދު ޝިފާއު

އަންހެން ކުއްޖަކާ ވާހަކަދައްކަން ބޭނުންވެފައި، އެހެންނަމަވެސް ވާހަކަ ދައްކަން ނުކެރިފައި އެބަ ހުންނަން ހެއްޔެވެ؟ މިއޮތީ ތިކަމަށް އޮތް ހައްލެކެވެ.

އަންހެން ކުއްޖަކާއި ވާހަކަ ދައްކަން ފެށުމުގައި ކަންކަން ކުރަންވީ ބައެއް ގޮތް ކިޔައިދީފާނަމެވެ. އެގޮތުން، އެންމެ ފުރަތަމަ ކެރިގެން ވާހަކަ ދައްކަން އިސް ނަގާށެވެ. އެގޮތަށް އެންމެ ފުރަތަމަ ވާހަކަ ދައްކަން ފަށާއިރުގައި، އެ އަންހެން ކުއްޖާގެ ހާލު އަހާށެވެ. އަދި ހާލު އެހުމަށްފަހުގައި މަޑުމަޑުން ދުވަސް ދިޔަ ގޮތާއި އާންމު ދިރިއުޅުމާ ބެހޭ ގޮތުން ވާހަކަ ދައްކަން ފަށާށެވެ.

އެންމެ ފުރަތަމަ ވާހަކަ ދައްކަން ފަށާއިރުގައި، ތިމާ އޭނައާ ވާހަކަ ދައްކަން ފެށީ ކޮން ބޭނުމެއްގައި ކަން ނުބުނާށެވެ. އަދި އެ އަންހެން. ކުއްޖާގެ ނުރުހުމުގައި ގަދަކަމުން ވާހަކަ ދައްކަން މަސައްކަތް ނުކުރާށެވެ. ނޫންކަމަށް ވާނަމަ އެފުރުސަތު ތިމާގެ އަތުން ގެއްލިގެން ދިއުމަކީ އެކަށީގެންވާ ކަމެކެވެ.

އެއަށް ފަހު ކޮންމެ ދުވަހަކުވެސް އެންމެ ކުޑަ މިނުން ހާލު ބަލާލަން ކޮންމެ ދުވަހަކު ވެސް މެސެޖެއް ކޮށްލާށެވެ. ބޭނުމަކީ އޭނާއަކީ ތިމާއަށް މުހިންމު މީހެއްކަން އަންގައި ދިނުމެވެ. މިހެން ކަންތައް ކުރަން ފަށައިފިނަމަ އޭނާ އަމިއްލައަށް ފެނިގެން ތިމާއަށް މެސެޖު ކުރަން ފަށާނެއެވެ.

މިސާލަކަށް އެއް އޮފީހެއްގައި މަސައްކަތް ކުރާ އަންހެނެއްނަމަ ދުވަހުގެ މަސައްކަތް ކުރިއަށް ދިޔަ ގޮތާއި މެދު ސުވާލު ކޮށްލެވިދާނެއެވެ. އަދި އެހެންގޮސް އެދުވަހު އޮފީހުގެ ހިނގި މަޖާ ކަންކަން އެކަކު އަނެކަކަށް ހިއްސާ ކޮށްލާ ގުޅުން ބަދަހި ކޮށްލަން ފަސޭހަވެގެން ދާނެއެވެ.

  1. އަންހެން ކުއްޖާ

    ދެންކިހިނަކުންނޯ ފިރިހެން ކުއްޖަ ކާ ވާހަކަދައްކަންފަޟަނީ

    • ފިރިހެން ކުއްޖާ

      ފުރަތަމަ ވެސް ބޭނުން ވާ ކަމެއް ބުނަން ވީ