ދުނިޔެ

އެމެރިކާގައި މޭޔަރު ކަމަށް ކުއްތާއެއް އިންތިހާބުކޮށްފި

ޢާލިމް އަބްދުއްލަތީފް ، ދެން އޮންލައިން

އެމެރިކާގެ ނޯރތު ކެންޓަކީގެ ކުޑަކުޑަ އަވަށެއްގައި ބޭއްވި އިންތިހާބެއްގައި އެ އަވަށުގެ މޭޔަރުކަމަށް ކުއްތާއެއް އިންތިހާބު ވެއްޖެއެވެ.

Ads by Sosun Fihaara

އިންތިހާބުވީ ކުއްތާ އަކީ ފްރާންސްގެ "ބުލް ޑޯގް" އެއް ކަމަށް ރިޕޯޓްތައް ބުނެއެވެ. މި ކުއްތާ މޭޔަރުކަމުގެ މަގާމަށް އިންތިހާބުވީ 13،143 ވޯޓު ލިބިގެންނެވެ. މިއީ އެ އަވަށުގައި ކެންޑިޑޭޓަަކަށް މޭޔަރު ކަމުގެ އިންތިހާބުގައި މިހާތަނަށް އެންމެ ގިނަ ވޯޓު ލިބުނު ފަހަރެވެ.

މި ކުއްތާގެ ނަމަކީ "ވިލްބަރ ބީސްޓް" އެވެ. މިއީ ކުއްތާއެއް އެގައުމުގެ މޭޔަރުކަމަށް އިންތިހާބު ކުރި ފުރަތަމަ ފަހަރެއް ނޫނެެވެ. 1990ގެ އަހަރުތަކުން ފެށިގެން އެގައުމުގެ މޭޔަރު ކަމަށް އިންތިހާބު ކުރަނީ ކުއްތާއެވެ.

އެންމެ ފުރަތަމަ މޭޔަރުކަން ކުރި ކުއްތާގެ ނަމަކީ ގޫފީ ބޯރމެން އެވެ. މި ކުއްތާ މޭޔަރުކަމާ ހަވާލުވީ 1998 ވަނަ އަހަރުގައެވެ. އެ ކުއްތާ މޭޔަރު ކަަމަށް ހޮވުނީ 4 އަހަރުގެ ދައުރަކަަށެވެ. އެހެން ނަމަވެސް 4 އަހަރުގެ ދައުރެއް ހަމަވަންދެން އެ ކުއްތާ ދުނިޔޭގައެއް ނުހުރެއެވެ. އެ ކުއްތާ މަރުވީ އުމުރުން 16 އަހަރުގައި 2001 ވަނަ އަހަރުގެ ޖުލައި މަހުގައެވެ.

މި ކުއްތާގެ ސްޕޯކްސްޕާރސަން މީޑިއާތަކާ ވާހަކަ ދައްކަމުން ވަނީ އެ ކުއްތާއަށް ވޯޓުދިން ހުރިހާ ފަރާތްތަކަށް ޝުކުރު އަދާކޮށްފައެވެ.

 

Ads by HDC
  1. ކައި

    ޑިމޮކްރަސީގ ބައްޕ. ހަހހހަހަ