Monday, 2 November 2026
Advertisement
MWSC — SmartMeter (leaderboard)
ސިޔާސީ

އަނިޔާވެރިންގެ ރޭވުންތަކުގެ ކުރިމަތީގައި ރައީސް ޔާމީން ކުޑަ ކަކޫ ނުޖައްސަވާނެ: ނިމާލު

އަނިޔާވެރިންގެ ރޭވުންތަކުގެ ކުރިމަތީގައި ރައީސް ޔާމީން ކުޑަ ކަކޫ ނުޖައްސަވާނެ: ނިމާލު
އަނިޔާވެރިންގެ ރޭވުންތަކުގެ ކުރިމަތީގައި، އިދިކޮޅު ލީޑަރު ރައީީސް ޔާމީން، ކުޑަ ކަކޫ މައްޗަށް ތިރި ނުކުރެވޭނެ ކަމަށް ޕީއެންސީގެ ނައިބު ރައީސް މުޙައްމަދު ނިމާލު ވިދާޅުވެއްޖެއެވެ. މާލެ އަތޮޅު ކައުންސިލުގެ ރައީީސް ނިމާލް މިފަދައިން ވިދާޅުވެފައި ވަނީ، ފޭސްބުލްގައި ކުރެއްވި ޕޯސްޓެއްގައެވެ. ވ.އާރަށް މައްސަލައިގައި 11 އަހަރުގެ ޖަލު ޙުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ރައީސް ޔާމީން، ދިވެހި ފަސްގަނޑަށްޓަކައި ވެވަޑައިގަންނަވަމުން ދަނީ ބޮޑު ޤުރުބާނީއެއް ކަމަށް ނިމާލް ވަނީ ވިދާޅުވެފައެވެ.
"ތިޔައީ ހިތްވަރުފުޅު ގަދަ، ޢަޒުމްފުޅު ވަރުގަދަ، ދިވެހި ދަރިއެއް."
ނިމާލު ކުރެއްވި ޕޯސްޓުގައި، މި އަހަރު ބާއްވާ ރިޔާސީ އިންތިޚާބު ވެގެންދާނީ، ރައީީސް ޔާމީން ރާއްޖޭގެ ވަލިއްޔުލްޢަމްރުގެ މަޤާމާއި ޙަވާލުވެވަޑައިގަންނަވާނެ އިންތިޚާބަށް ކަމުގައި ވެސް ވިދާޅުވެފައިވެއެވެ.
"އަޅުގަނޑުމެން މަނިކުފާނު ހޮވާނަން. މުޅި ދިވެހި ޤައުމު އޮތީ، އެ ޢަޒުމްގައި، އަޅުގަނޑުމެން މިތިބީ، އެ ޢަޒުމްގައި. ދިވެހި ދިދައިގެ ނިދާ އަކީ ރައީސް ޔާމީން 2023 އިންޝާﷲ" ނިމާލް ވިދާޅުވިއެވެ.
ނިމާލު ވަނީ ދިވެހި ޤައުމަށް ހެޔޮ އެދޭ ކޮންމެ ދަރިއަކު ވެސް، ރައީސް ޔާމީން މިނިވަންވެވަޑައިގަތުން އެދޭނެ ކަމަށާއި، އެންމެ ފަޅި ސިކުންތަކަށް ވެސް، ﷲގެ ރަޙްމަތުން އުއްމީދު ކަނޑައިނުލައްވާނެ ކަމަށް ވެސް ވިދާޅުވެފައެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް