ޚަބަރު

އައްޑޫގައި ކޮމިއުނިޓީ ސްޕްރެޑެއް ނެތް: އެޗްއީއޯސީ

ޢާއިޝަތު ނުޒުހާ ، ދެން އޮންލައިން

އައްޑޫގައި ކޮމިއުނިޓީ ސްޕްރެޑެއް އޮތް ކަމަށް ފާހަގަ ވެފައި ނުވާ ކަމަށް ހެލްތު އެމަރޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ން ބުނެފިއެވެ.

Ads by STELCO

ބުރާސްފަތި ދުވަހުގެ ރޭ އެ ސެންޓަރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެ ސެންޓަރުގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާޅުވީ ބުދަ ދުވަހު އައްޑޫ އިން ފައްސިވެގެން ރިޕޯޓުކުރި މީހާގެ ކޭސް އަކީ  އިންކޮންކްލޫސިވް ރިޒަލްޓްގެ (ވަކި ގޮތަކަށް ނަތީޖާ ނުނިކުންނަ) ކޭސް އެއްގެ ގޮތުގައި ފާހަގަވެފައިވާ ކަމަށެވެ.

އަދި މިކަމާ ގުޅިގެން މި މީހާ އަލުން ޓެސްޓު ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ.

ޑރ. ނަޒްލާ އިތުރަށް ވިދާޅުވީ އޭނާ ކަރަންޓީނާ ހިލާފުވުމުގެ ސަބަބުން އައްޑޫގައި މިވަގުތު އޮތީ ކޮމިއުނިޓީ ޓްރާންސްމިޝަންއެއް ކަމަށް ބައެއް މީޑިއާތަކުން ރިޕޯޓުކުރި ނަމަވެސް މިހާތަނަށް ބެލި ބެލުމުން އައްޑޫގައި ކޮމިއުނިޓީ ސްޕްރެޑެއް އޮތް ކަމަށް ފާހަގަވެފައި ނުވާ ކަމަށެވެ،

" ކޮމިއުނިޓީ ޓްރާންސްމިޝަންއޭ މިބުނެވީ ޕޮޒިޓިވްވީ ގޮތެއް ނޭނގި އެކި ތަންތަނުން ޕޮޒިޓިވް މީހަކާ ގުޅުމެއްނެތި ނުވަތަ ބަލި ފެތުރެމުންދާ ތަނަކުން ދަތުރުކޮށްފައި ހުރި މީހަކަށް ނުވެ، ކުއްލިއަކަށް ވަރަށް ބައިވަރު މީހުން ޕޮޒިޓިވްވާން ފަށައިފިއްޔާ މިއަށް ކޮމިއުނިޓީ ސްޕްރެޑެކޭ މިކިޔަނީ. އެހެންވީމަ މާލެ ފިޔަވައި މިވަގުތު މީހުން ދިރިއުޅޭ އެއްވެސް ރަށެއްގައި މިހާލަތަކެއްގައި ނެތް." ނަޒްލާ ވިދާޅުވިއެވެ.

ފައްސިވި މީހާ ކަރަންޓީނާ ހިލާފު ވީތީ އެކަމާ ފިޔަވަޅު އަޅާނެ ކަމަށާއި މި ކޭސް އާ ގުޅިގެން އިތުރަށް ބަލަން ޖެހޭ ކަންކަން ބަލަމުން އަންނަ ކަމުގައި ވެސް ނަޒްލާ ވިދާޅުވިއެވެ.

 

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!