ދުނިޔެ

ވޯޓް ގުނާ މަރުކަޒެއްގެ ކުރިމަައްޗަށް އެއްވެ ޓްރަމްޕްގެ ސަޕޯޓަރުން ދުއާ ކުރަން ފަށައިފި

ޢާލިމް އަބްދުއްލަތީފް ، ދެން އޮންލައިން

އެމެރިކާ: ނެވާޑާގެ ވޯޓު ގުނާ މަރުކަޒެއްގެ ކުރިމައްޗަށް އެގައުމުގެ ރައީސް ޑޮނާލްޑް ޓްރަމްޕްގެ ސަޕޯޓަރުންތަކެެއް އެއްވެ އެމަނިކުފާނު އިންތިހާބުވޭތޯ ދުއާ ކުރަން ފައްޓައިފިއެވެ.

Ads by Sosun Fihaara

އެމެރިކާގެ ބްރޯޑްކާސްޓިންގ މީޑިއާއެއް ކަމަށްވާ އޭބީސީ ނިއުސް އިން ދެއްކި ވީޑިއޯއެއްގައި ފެންނަ ގޮތުން، ޓްރަމްޕްގެ ސަޕޯޓަރުން އެ މަރުކަޒުގެ ކުރިމައްޗަށް އެއްވެ ކުޑަ ކަކޫ ޖަހައިގެން ތިބެ ދުއާ ކުރަމުން ދެއެވެ.

މިކަން ފެށުނީ އެ ސިޓީގައި ޓްރަމްޕާ ވާދަކުރާ އިދިކޮޅު ކެނޑިޑޭޓް ބައިޑެން ވޯޓުގެ ނިސްބަތުން ކުރީގައި އުޅޭތީއެވެ. އަދި މިހާރު އިންތިހާބު ކާމިޔާބު ކުރުމަށް ބައިޑެން ބޭނުންވަނީ އެންމެ 2 ސިޓީގެ އަގުލަބިއްޔަތު ކަމަށް ވާތީއެވެ.

ނެވާޑާ އަކީ އެމެރިކާގައި އޮންނަ ވަރަށް ކުޑަކުޑަ ސިޓީއެކެވެ. އެ ސިޓީއިން ވޯޓުގެ ނަތީޖާ އަދި ހާމަ ކޮށްފައެއް ނުވެއެވެ. އެހެންކަމުން ބައިޑެން މި އިންތިހާބު ކާމިޔާބު ކުރެއްވުމަށް ނެވާޑާގެ ނަތީޖާ ވެސް ވަރަށް މުހިއްމެވެ.

ނެވާޑާގެ ގިނަ ވޯޓު ފޮށިތަކެއް އަދިވެސް ނުގުނި އެބަހުއްޓެވެ. މިހާރު ގުނިފައިވާ ވޯޓުތަކަށް ބަލާލާއިރު ކުރީގައި އުޅެނީ ބައިޑެން އެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!